"އަ ކުއައިޓް ޕްލޭސް 2" އަށް  ބޮޑު ތަރުހީބެއް!

2018 ވަނަ އަހަރު ޖޯން ކްރަސިންސްކީގެ ޑައިރެކްޝަންގެ ދަށުން ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ކާމިޔާބު ފިލްމް "އަ ކައިޓް ޕްލޭސް"ގެ ދެވަނަ ބަޔަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ކޮވިޑް ޕެންޑެމިކްގެ ސބަބުން އެތައް ފަހަރެއްގެ މަތިން ފަސްވެގެންދިޔަ، މި ފިލްމް އެންމެ ފަހުން އެމެރިކާގެ ސިނަމާތަކުގައި މި ވަނީ މި މަހުގެ 28 ވަނަ ދުވަހު ރިލީޒްކޮށްފައެވެ.

"އަ ކައިޓް ޕްލޭސް"ގެ ދެވަނަ ބަޔަށް ކްރިޓިކްސްގެ ފަރާތުންވެސް ޕޮޒިޓިވް ކޮމެންޓް ލިބިފައިވާއިރު، ފިލްމް ބެލި ގިނަ ބަޔަކު ބުނެފައިވަނީ ފުރަތަމަ ބަޔަށް ވުރެ ދެވަނަ ބައި މާ ފުރިހަމަކަމަށެވެ.

ފިލްމް ބެލި ހޮލީވުޑްގެ ގިނަ ތަރިންނަށްވެސް މި ފިލްމް ވަނީ ކަމުގޮސްފައެވެ. އެގޮތުން އެކްޓަރ ރަޔަން ރޭނޮލްޑްސް ފިލްމް ބެލުމަށްފަހު ކުރި ޓްވީޓެއްގައި، ޖޯން ކްރަސިންސްކީގެ ޑައިރެކްޝަނަށާއި، ފިލްމަށް ތައުރީފުކޮށްފައިވެއެވެ.

މީގެ އިތުރުން، އައިއެމްބީޑީ ރޭޓިން އިން 10 އަކުން 8 މި ފިލްމަށް ލިބިފައިވާއިރު، ރޮޓެން ޓޮމާޓޯސް އިން މި ފިލްމަށް 91 ޕަސެންޓް ދީފައިވެއެވެ.

އަ ކައިޓް ޕްލޭސް ގެ ފުރަތަމަ ބައި ވެގެންގޮސްފައިވަނީ ބޮޑު ހިޓަކަށެވެ. ބެލުންތެރިންގެ މެދުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދި މި ފިލްމަށް، މުޅި ދުނިޔެއިން 340 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.

ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ، އިންސާނުން ނޫން، އާދަޔާ ހިލާފު ލޮލަށް ނުފެއްނަ ނަމަވެސް އަޑުއިވުމުގެ ބާރު އާދަޔާ ހިލާފަށް ގަދަ އެއްޗެހިތަކެއް ދުނިޔެއަށް ވެރިވެގަނެގެން، އިންސާނުންގެ އަދި ޖަނަވާރުން އާބާދީގެ ބޮޑު ބައެއް ނައްތާލައިފައިވާ މި ދުނިޔޭގައި އާއިލާއަކު ދިރިހުރުމަށް ކުރާ މަސައްކަތެވެ. ކިތަންމެ ކުޑަ އަޑެއް އިވުނުކަމުގައިވިޔަސް އޭއްޗެހި އައިސް ހަމަލާދެއެވެ.

މި ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން މި ފިލްމުގެ ލީޑް އެކްޓަރެއްގެ ރޯލު ޖޯން ކްރަސިންސްކީ އަދާކޮށްފައިވާއިރު، ފިލްމުގައި ދެން ފިނިގެންދަނީ އޭނަގެ އަންހެނުން އެމިލީ ބްލަންޓެވެ. މި ފިލްމުގައި ވެސް ދެމީހުން އަދާކޮށްފައިވަނީ ދެމަފިރިންގެ ރޯލެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ