2019 ވަނަ އަހަރު ރިލީޒްކުރި ހޮލީވުޑް ފިލްމް "ޖޯކާ" ގެ ދެވަނަ ބައެއް އުފައްދަން ނިންމައިފިއެވެ.
މަޝްހޫރު ސުޕަހީރޯ ފިލްމް ބެޓްމޭންގެ ވިލަން ކެރެކްޓަރ "ޖޯކާ"އަށް އަމާޒުކޮށްގެން ގެނެސްދިން މި ފިލްމްގައި ދައްކުވައިދިނީ، އޭނާ ވިލަން އަކަށް ވާން މެދުވެރިވި ސަބަބުތަކެވެ. މި ފިލްމްގައި އޭނަގެ ކުރީގެ ދިރިއުޅުން ދައްކައިދިނެވެ.
އޮސްކާ ވެސް ހާސިލުކޮށްފައި ވާ މި ފިލްމްގެ ދެވަނަ ބައި ގެނެސްދޭން ނިއްމާފައިވާކަން މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި ރިޕޯޓުތައް ބުނާގޮތުން "ޖޯކާ" ގެ ޑައިރެކޓަރ، ޓޮޑް ފިލިޕްސް، މި ފިލްމްގެ ދެވަނަ ބައިގެ ވާހަކަ ލިޔުމުގައިވެސް ހަރަކާތްތެރިވާނެއެވެ.
މި ފިލްމުން އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދީ ފިލްމްގައި ޖޯކާގެ ރޯލު އަދާކުރި އެކްޓަރ ވަގީން ފީނިކްސް އެވެ.
އޭނާ ދެއްކި މޮޅު ހުނަރަށް ގިނަ ބަޔަކު ތައުރީފްކޮށްފައިވާއިރު، މި ރޯލު ކުޅެގެން އެ އަހަރުގެ އޮސްކާގައި އޭނާ ވަނީ އެންމެ މޮޅު އެކްޓަރުގެ މަޤާމުވެސް އުފުލާލައިފައެވެ.



