ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން މިހާރު އަމިއްލަޔަށް ޖަލްސާބާއްވާ ނޫސްކޮންފަރެންސް ބާއްވާ ހަދާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.
ރީކޯ ވިދާޅުވީ މަޖްލީހުން ރައްޔަތުންނަށް ހާމަކުރާ މައުލުމާތުތަށް ނިންމަނީ ތަޅުމަށްހުށަހަޅައިގެންކަމަށާއިކޮމެޓީ ތަކުގެ ޔައުމިއްޔާ ރިޔާސަތުން އިއްވާ އިޢުތިރާޒް ކުރޭތޯ އަހާނެކަމަށެވެ.
"މިވެނި ކޮމެޓީއެއްގެ އެވެނިޔައުމިއްޔާ ރިޔާސަތުންއިއްވާ އިއުތިރާޒްކުރޭތޯއަހާނެ" ރީކޯ ވިދާޅުވެފައިވެއެވެ.
ރީކޯ ވިދާޅުވީ ނަމަވެސް މިހާރު ކޮމެޓީ ތަކުން އަމިއްލަޔަށްޖަލްސާ ބާއްވާ ނޫސްބަޔާންނެރެ ނޫސްކޮންފަރެންސް ބާއްވާ ހުކުމްކޮށް އެބަ ހަދާކަމަށެވެ.
ރީކޯ މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާއާއި ގުޅިގެން އޮންލައިން ނޫސް "މިހާރު" ގައި ރައީސް ނަޝީދުގެ ސެކިއުރިޓީއާއި ގުޅޭ ގޮތުން ޝާއިއުކުރި ރިޕޯޓަކާއި ގުޅިގެން މަޖިލީހުގެ މިކޮމިޓީއިން އެކަމާއި ދެކޮޅަށް ނުސްބަޔާނެއް ނެރެފައި ވަނިކޮށެވެ.
މަޖްލީހުން ރައްޔަތުންނަށް ހާމަކުރާ މައުލުމާތުތަށް ނިންމަނީ ތަޅުމަށްހުށަހަޅައިގެން. މިވެނި ކޮމެޓީއެއްގެ އެވެނިޔައުމިއްޔާ ރިޔާސަތުންއިއްވާ އިއުތިރާޒްކުރޭތޯއަހާނެ؟މިހާރު ކޮމެޓީ ތަކުން އަމިއްލަޔަށްޖަލްސާ ބާއްވާ ނޫސްބަޔާންނެރެ ނޫސްކޮންފަރެންސް ބާއްވާ ހުކުމްކޮށްހަދާއެބަ؟
— Moosa Maniku (Reeko) (@ReekoMoosa) May 30, 2021
މަޖިލީހުގެ 241 ކޮމިޓީން ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ ރިޕޯޓާއި ގުޅިގެން ރައީސް ނަޝީދުގެ ޙިމާޔަތާއި ރައްކާތެރިކަމާއި، ގ. ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި ޢާއިލާގެ ރައްކާތެރިކަން ގެއްލިގެން ދާކަމަށެވެ. އެހެން ކަމުން އެމައްސަލަ ބެލުމަށް އެ ކޮމެޓީން ވަނީ ނިންމާފައެވެ.
މަޖިލީހުގެ ކޮމެޓީން މި ގޮތަށް ނިންމުމާއި ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި، ދިވެހި ނޫސްތަކުގެ އެޑިޓަރުންގެ ޖަމިއްޔާ ކަމުގައިވާ އެޑިޓާސް ގިލްޑްއާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
2 Responses
Mihaaru e ee majileehetha e ee masmaarukeytehnu masvihkaa eh asheega maheh vihkaanee 50.rufiyaa ah aneh asheega maheh vihkaanee 75.rufiyaa ah hama emisaalu mihaaru oymajilees higanee.
މިހާރުމީ ޚުދުމުޚުތާރު މަޖްލީސް ބޭނުންއެއްޗެއް ބޭނުން އިރަކު ހަދަމުންދާނީ . ސަރުކާރުގެ ބާރެއް ނުފޯރުވޭނެ އަންނިއަކަށް ބޭނުންއެއްޗެއްހަދާނެ