ނިޔާވި ޒުވާނާގެ ހަށިގަނޑު ނެރެނީ - ފޮޓޯ: ފެށުން

ނިޔާވި ޒުވާނާ ފެނުނުއިރު އޮތީ ބަރަހަނާ ހާލުގައި، ދޮރު ހުރީ ތަޅުނުލައި!

ރޭގަނޑުގެ ހިމޭން ވަގުތު މިރޭ މާލެ ސިއްސުވާލީ "ގޮތް ނޭނގޭ" މަރެއްގެ ބިރުވެރި އަޑުންނެވެ. މާލެ ބަންދުކޮށް ސަލާމަތީ ބާރުތަކުން މަގުތައް ބަލަހައްޓަމުން ދިޔަ ވަގުތު ފުލުހުން މީޑިއާއަށް ދިން މި ހަބަރުން ސިހުން ގެނުވިއެވެ.

ފުލުހުން އެންމެ ފުރަތަމަވެސް ވިދާޅުވީ، ނިޔާވެ، ކުނިވެފައި އޮތް ދިވެހި ޒުވާން އަންހެން ކުއްޖަކު ގަލޮޅު ގެއަކުން ފެނިފައިވާ ކަމަށެވެ. އެއާއެކު އެއީ ކޮން ހިސާބެއްގައިހުރި ކޮން ގެއެއްގައި ހިނގާދިޔަ ކިހާވަރެއްގެ ހާދިސާއެއްތޯ ބެލުމުގެ ޝައުގުވެރިކަމާއެކު، ނުހަނު ނުތަނަވަސް ހިތަކާއިގެން މެންދަމުގެ ވަގުތު މާލެތެރެއަށް ނިކުމެ ހާދިސާ ހިނގި ލޮނުޒިޔާރަތްމަގަށް ދިޔައީމެވެ.

އިތުބާރުކުރެވޭ މަސްދަތުތަކުން މިހާތަނަށް ކަށަވަރު ކުރެވުނު މަޢުލޫމާތުތަކަށް ބަލާއިރު، ޒުވާނާ  ނިޔާވެފައި އޮއްވާ ފެނިފައިވަނީ، ލޮނުޒިޔާރަތް މަގުގައި ހުންނަ ހަނި ގޯޅިއެއްގެ އެންމެ އެތެރޭގައިހުރި، އެ ޒުވާނާ ދިރިއުޅޭ، އެ ޒުވާނާގެ ގޭގެ ކޮޓަރިތެރޭގައި އޮއްވައެވެ.

ޒުވާނާ ނިޔާވި ގޭގެ ކައިރީގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ - ފޮޓޯ: ފެށުން

އެ ޒުވާނާގެ އާއިލާ މެންބަރަކު ބުނީ، އާއިލާގެ މެންބަރަކަށް އެންމެ ފަހުން ހަބަރެއް ވެފައިވަނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިން ކަމަށެވެ. އެކަނި އުޅޭ އެ އަންހެން މީހާގެ ހަބަރެއް ނުވެ މީގެ ކުރިންވެސް މިއަށްވުރެވެސް ގިނަ ދުވަސްވާ ކަމަށެވެ. ނަމަވެސް މިރޭ އޭނާގެ ކޮޓަރި ބަލާފައިވަނީ އެ ގެ ކައިރިން ކުނިވަހެއް ދުވާތީ ކަމަށް އާއިލާ މެންބަރުން ބުނެފައިވެއެވެ.

"ކޮއްކޮ ނިޔާވެފައި އޮއްވާ ފެނުނީ ކުނިވަހެއް ދުވާތީ ކޮޓަރިއަށްވަދެ ބެލީމާ، މިރޭ މެންދަމު 02:32 ހާއިރު. އެހިސާބުން ފުލުހުންނަށް ރިޕޯޓް ކުރީ. ތުއްތައަށް މީގެ ފަސް ވަރަކަށް ދުވަސް ކުރިން ހަބަރެއް ވެފައިވޭ." ނިޔާވި ޒުވާނާގެ އާއިލާ މެންބަރަކު ބުންޏެވެ.

މިނޫހަށް އެއްކުރެވުނު މުހިންމު މަޢުލޫމާތުތަކުގެ ތެރެއިން މިވަގުތު ހާމަކުރެވެން ހުރި އެހެނިހެން ކަންކަމަށް ބަލާއިރު، އާއްމުކޮށްވެސް ތަޅުލައިގެން ކޮޓަރީގައި އުޅެމުން އައިސްފައިވާ މި ޒުވާނާގެ ކޮޓަރި މިރޭ ބެލިއިރު، ހުރީ ތަޅުނުލައެވެ. އަދި އޭނާގެ ފޯނަށް މިހާރުވެސް ރިންގުވާކަން ވަނީ ފާހަގަކުރެވިފައެވެ.

ޒުވާނާ ނިޔާވި ގޭގެ ކައިރީގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ - ފޮޓޯ: ފެށުން

އިތުބާރުހުރި މަސްދަރަކުން މިނޫހަށް އެނގިފައިވާ ގޮތުގައި ޒުވާނާ ނިޔާވެފައި އޮއްވާ ފެނުނުއިރުވެސް އޮތީ ކޮޓަރީގެ އެނދުމަތީގައި ފައި ކުރުކޮށްގެން، "ބަރަހަނާ" ހާލުގައެވެ. މި ޒުވާނާއަކީ ކައިވެންޏެއް ކޮށްގެން އުޅޭ ޒުވާނެއް ނޫން ނަމަވެސް ލޯބިވެރިޔަކު ހުންނަކަން އެނގިފައިވާއިރު، އެ ދެމީހުންގެ ދެމެދުގައި ދޭތެރެއަކުން ދެބަސްވުންތައް ހިނގާކަން އެނގިފައިވެއެވެ.

ޒުވާނާ ފެނުނުއިރު، ނިޔާވިތާ ގިނަ ދުވަސްވުމުގެ ސަބަބުން ވަރަށް ގަދަޔަށް ކުނިވަސް ދުވާއިރު، ހަށިގަނޑުގެ ކުލަ ވަނީ ގެއްލި، ބޭރުފުޅުން "ޒަހަމްތަކެއް" ލިބިފައި ހުރިކަންވެސް ދެނެގަންނަން ދަތިވާވަރު ވެފައެވެ. ފުލުހުންނެ ތަޙްޤީޤަށް ބޭނުންވާ ހެއްކާއި ގަރީނާ އަދި ފޮރެންސިކް ތަހުލީލަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށްފަހު ބޮޑޫ ބޭގަކަށް ލައިގެން ކޮޓަރިން ހަށިގަނޑު ނެރެފައިވަނީ ފަތިހު 04:38 ހާއިރުއެވެ.

ކުނިވެފައިވާލެއް ބޮޑުކަމުން މި ޒުވާނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި ގެންގޮސްފައިވަނީ ސީދާ އާސަހަރާއަށެވެ. އަދި އޭނާގެ ކޮވިޑް ސާމްޕަލް ނަގާފައިވަނީ ސަހަރާއަށް މެޑިކަލް ޓީމެއް އައިސްގެނެވެ.

ޒުވާނާ ނިޔާވި ގޭގެ ކައިރީގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ - ފޮޓޯ: ފެށުން

އެކަނި އުޅުނު ޒުވާން އަންހެން ކުއްޖަކު ނިޔާވެފައި އޮއްވާ ފެނުނުއިރު، ކޮޓަރީގެ ދޮރު ތަޅުލާފައި ނެތުމާއި، ލޯބިވެރިޔާއަށްވެސް ޒުވާނާ ގެއްލިގެން ރިޕޯޓެއް ކޮށްފައި ނެތުމުގެ އިތުރުން، ފަސް ދުވަހަށްވުރެ ގިނަ ދުވަސްވީއިރުވެސް ފޯނު ރިންގުވުމާއި، ޒުވާނާގެ ހަށިގަނޑު އެނދުމަތީގައި އޮތްގޮތުން މަރާއި މެދުގައި ޝައްކުކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ.

މިދެންނެވި ކަންކަން އެމަގުތަކުން ހިނގާފައި ހުރުމާއެކު، މަރުގެ ހަޤީޤަތް ހާމަވެގެންދާނީ ދިވެހި ފުލުހުންގެ ތަހުޤީޤަށްފަހުއެވެ. އެ ދުވަހަކަށް އެތައް ދިވެހީންނެއް އިންތިޒާރުކުރާނެކަން ގައިމެވެ.

މިލިޔުން ކިޔާލުމުން
222314283919
ގުޅުންހުރި ލިޔުންތައް

25 Responses

  1. ޢައިބާ

    ދުނިޔެ ގިޔާމަތްވައިރުވެސް ފުލުހުންގެ ތިފަދަ މައްސަލަތަކުގެ ތަހުގީގް ނިންމާ ޖަވާބެއް ނުލިބޭނެ ، މިކަހަލަ ކިތަންކަންތައް ހިގާފައި އެބަހުރި ، ގޮތްނޭގޭ މަރުގެ ކޮންހަގީގަތެއް އެގުނީ

  2. ސާލިހު ޖުނެއިދު/ އާއިލާގެ މެމްބަރެއް

    މީހަކު މެރީ ކަމުގަވިޔަސް އޯވަޑޯޒް އަކުންވިޔަސް އަދިގުދުރަތީ މަރަކުންމަރުވިޔަސް އެނޫނީ ގޯތިބޭނުންވެގެން ކުރިއަސް އަދި އޭނަޔާހެދި އުނދަގޫ ވެގެންވި ކުރިއަސް ބޭނުންވަނީ ކަންހިނގާދިޔަގޮތް އެނގެން.

    15
    • ޫތ

      ކަލޭ ކިއެއް ކުރަންް

  3. ޝާހިދާ

    އަޖައިބު އަމިއްލަ ގޭގަ އެކަނި އުޅޭ މީހެެއް ވިއްޔާ ކޮޓަރި ހުރެދާނެ ތަޅުނުލާ އަނެއްކާ އޭނަގެ ކޮޓަރީގަ އެނދުމަތީ އޮތީ. ދެން ކިހިނެއް ބަރަހަނާ ހާލު ތި މާނަ ކުރަނީ އޮވެދާނެ ނު ނިދާހެދުމެއް ލައިގެން ވެސް. ވަރަށް ފަހުން ހޮސްޕިޓަލުގެ ހާދިސާގަ ވެސް ކޮމެންޓް ކުރިމީހުން ވެސް ނިންމައިލި އެ ހާދިސާ ގެ އަސްލާ ދިމާ އިދިކޮޅަށް. ޖަޖްމެނޓަލް ނުވެ ކެއްކޮށްލަބަލަ ހަޤީޤަށް އެނގެންދެން

    10
    4
    • މ ޑ

      ބަރަހަނާހާލުގައޭ ބުނަނީ ގަޔަށް އެއްޗެއް ނުލައި އޮތީމަ
      ނިދަހެދުންލައިގެން އޮތްނަމަ ބުނާނީ ނިދަހެދުން ލައިގެނޭ އޮތީ

      43
      3
    • މުޒޫ

      މ ޑ އަށް ސަލާމް އެހެން ވިއްޔާ ބުނާނީ ބަރަހަނާ ކޮށޭ ކޮން ބަރަހަނާ ހާލުގައޭ. އެހެންނޫނަސް ދެން ކޮންކަމެއް މައްޔިތާ އަށް ކުޑައިމީސް ކޮށް ވާހަކަ ދައްކަން.

      8
      1
  4. ސީމާ

    އެމީހާ އެމީހާ..ނަމެއް ނެތް ދޯ. ނަން ނުލިޔެވެންވީ ކީއްވެ؟ ބަރަހަނާ ހާލުގައޭ ލިޔެވޭ

    8
    4
  5. ަސައީދާ

    މީ ހާލަކީ އާއިލީ ގުޅުން ވަރުގަދަކުރަންވީ ވަކިވުމަކީ ނިކަމެތި ކަނެއް

    10
    1
  6. ރޯނު އެދުރު

    މި ތިބި ބައެއް މީހުން މީހަކު ހަމަ ނިޔާވާ އިރަށް ސަރުކާރަށް ތި ކަނޑާލަނީ ސަރުކާރުން ތަ ހުރިހާ މަރެއްގެ ޒިންމާ ނަގަން ޖެހެނީ. މިވަރަށް މިރާއްޖޭގެ ރަޢްޔިތުންގެ ވިސްނުން ހުރިއްޔާ ރާއްޖޭގައި ވެރިޔަކަށް ހުރި ކޮންމެ މީހަކާއި ވެރިކަމަށް ދެން އަންނަށް ތިބި މީހުންވެސް ވާނީ މުޖުރިމުންނަށް. އަހަރެމެންނަށް މިތިބީ އަޅެ ފަހެ ސިކުނޑީގެ ބައްޔެއް ޖެހިފައެއް ނޫންބާ!

    21
    8
  7. ކަނބުލޮ

    ދެންއިތުރަށްފާފަކުރާކަށްނުހުންނާނެއެއްނު ކޮންމެމީހަކުވެސްދުނިޔެއަށްފޮނުއްވާނީމުއްދަތެއްޖަހާފަ ކޮންމެހާލަތެއްގައޮތަސްމުއްދަތުހަމަވީމަފޮނުއްވެވިފަރާތުންއެގެންދެވީ ކުރަންވީކަމަކީ އިބްރަތްހާސިލްކުރަންވީ

    10
    4
  8. ްވިސްނާ މީހާ

    5 ދުވަސް ވަންދެން ފޯނު ރިންގުވަންޏާމު ޗާޖު ކުރަން މީހަކު ހުންނާނެ، ކަށަވަރު….. 5 ދުވަސް ވަންދެން ފޯނުގަ ޗާޖެއް ނުހުންނާނެ….

    20
    6
  9. މީހެއް

    ސަރުކާރު ބޮލުގަ އެޅެނީ މަރުތަކުގެ ތަހުގީގު ރޭޕް ތަހުގޅގު ނިމުނުތޯ.

    20
    3
    • ދުރުމީ

      އިސްލާމް ދީނުގަ އޮންނަ ހުކުމް ތަންފީޒު ކުރަން ނުކެރިގެން އުޅެނީ ކީއްވެތޯ

  10. ރައްޔިތުން

    ތިކަމުގައި އާއިލާގެ މީހުންގެ ވަރަށްބޮޑު

    13
    3
  11. މަސްވެރިޔާ

    މިދިވެހި މުޖުތަމަޢުގައި އަދި މިފަދަ މަރުގެ ހާދިސާތަކުގައިވެސް “ކަވެނިނުކޮއް” އަދި “ލޯބިވެރިޔާ” މިއީ އާއްމު އަޑަކަށް އެބަވޭ. ޑިމޮކްރެސީ؟ މިނިވަންކަން؟ ތަރުބިއްޔަތު؟
    އާއިލާ/ އަވައްޓެރިން އަދި ދައުލަތުގެ ޒިންމާ ކޮބައިބާވައޭވެސް ހިތަށް އަރާ.

    41
    7
  12. ހަލަމަން

    ތީ ޑްރަގުބޯ ކުޖެއް އަބަދު ކަހަލަގޮތަށް ހުންނާނީ ކަޓާފަ

    13
    6
  13. ޕާޕަރާ

    މިރުވިއިރު އޮތް ގޮތް ކޮންމެހެން އެންމެނަށް އަންގަން ޖެހޭތަ

    30
    3
  14. ފަރުދު

    އަފްރާސީމް މަރުގަ ތަހުގީގު ނިމި ހުކުމް ކޮށްފި އެކަމް ތަންފީޒެއް ނުކުރޭ ތަންފީޒް ކުރިނަަމަ ތިފަދަ މަރުތަކެއް ނައީސް

    31
  15. ޓާކޫރު

    ކޮންމެވެސް ވާހަކަތަކެއް އެސިއުމް ކޮށްލައިގެން ހިތުގެ އުދާސް ފިލުވާލާ. ދިވެހިންގެ މިންވަރަކީ މިއީ..ބަޔަކު ތަހުގީހުކޮށް ވީނުވީ އެނގި އޮޅުންފިލާނެ ދުވަހަކަށް އިންތިޒާރު ކުރާމީހާ އެކަމުގައި ނިމިދާހުށި

    19
    3
  16. އަދުގެ ހާލަތު

    ސަރުކާރުން ޖެހޭނެ ދޯ އެކުއްޖާ ކައިގެންތޯއާ ނިދަން ގެއައް އައިތޯވެސްބަލަން އަދިނުވީތާކަށް ލޯބި ވެރިޔާއާ ދެމީހުން އުޅެނީމައްސަލަ ޖެހިގެން ތޯވެސް ބަލަން ޖެހޭނެ މިފަދަ ސުވާލު ތަކަކީ މިއަދު ގިނަބައަކު ކުރާނެ ސުވާލު ތަކެއް. ކޮންމެކަމެއްވެސް ސަރުކާރުގެ ބޮލުގާ އެޅުވުމުގެ ބަދަލުގާ މައިންބަފައިންގެ ޒިންމާކޮބާ؟
    މީހިތާމަހުރި ކަންކަން މިކަމުގާ އިހުމާލު ވާހުރިހާމީހުން އަދަބުލިބެންޖެހޭ. ސަރީއަތް އަވަސްކުރޭ!

    105
    19
    • އުގުރި

      ކުަރީގަނަމަ ޖެހޭނެ ސަރުކަރުން ހުރިހާ ކަމެއް ކޮށްދޭން. މިހާރު އަމިއްލައަށް ޒިންމާ ނަގާ. އެނިމުނީ

      26
      8
    • ހުޔާ

      ސަރުކާރުން ހަމަ ގައިމުވެސް ތަހުގީގު ކޮށް ބަލަން ޖެހޭނެ އެމީހާ މަރުވީ ކިހިނެއްތޯ. ދުވަހަކުވެސް މީހެއްގެ މަރެއް ވިއްޔާ ތަހުގީގު ނިމޭކަމަކަށްނުވޭ.

      36
      1
    • ނޭންގެ

      މައިން ބަފައިން ވަނީ ނިޔާވެފަ.

      14
    • ޟއލ

      ކުރީިގަ ޖަލުގައި މީހަކު މަރުވިޔަސް މީހަކު ގެއްލުނަސް ސަރުކާރު

      9
      1
  17. މީހެއް

    މިހާތަނަށް ކޮންކަމެއްތަ ތަހުގީގު ކުރެވުނީ.. މަރަކަށްފަހު މަރެއް..

    70
    4
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ