ގދ. ތިނަދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ މޫދަށް ވެއްޓި މީހެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިންގާފައިވަނީ ތިނަދޫ ހުޅަނގު ފަރާތުގެ ހިއްކި ސަރަހައްދުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެ މޫދަށް ވެއްޓިގެންނެވެ.
ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން "ފެށުން" އަށް ވިދާޅުވީ މި އެކްސިޑެންޓްގައި އަނިޔާވި ތިން މީހަކު ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުންދާ ކަމަށާއި އެކަކުގެ ހާލު ސީރިއަސް ކަމަށެވެ. އަދި އެމީހާއަށް އީއާރުގައި މިވަގުތު ފަރުވާ ދެމުންދާ ކަމަށް ވިދާޅުވިއެވެ.