އިސްތިއުފާ ދިނުމާމެދު ވިސްނާނީ އިހުމާލެއް އޮތްތޯ ބެލުމަށްފަހު: ހެލްތު މިނިސްޓަރު

އިސްތިއުފާ ދިނުމާމެދު ވިސްނާނީ މިޝްކާ މަރުވި މައްސަލައިގައި ސީދާ އެމަނިކުފާނުގެ އިހުމާލެއް އޮތްތޯ ބެލުމަށްފަހުގައި ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު ނަސީމު މަގާމުން އިސްތިއުފާ ދެއްވަން ވިސްނަންތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަސީމު ވިދާޅުވީ، މިޝްކާ މަރުވި މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި މައްސަލަ ބަލައި ނިމުމުން ރިޕޯޓުތަކަށް ބެލުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ.

"އަޅުގަނޑު މިކަންތައްތައް ބަލަމުން މިދަނީ. ބެލުމަށްފަހު ލިބޭ ރިޕޯޓުތަކަށް ބަލާފައި އޭގައި ސީދާ އަޅުގަނޑުގެ އިހުމާލެއް އުޅޭތޯ ބަލާނަން. އެ ހުރިހައި އެއްޗެއް ބަލާފައި ތި ވިދާޅުވި ސުވާލަށް ޖަވާބު ދެއްވާނަން" ނަސީމް ވިދާޅުވިއެވެ.

އުމުރުން 10 އަހަރުގެ މިޝްކާއަށް ފަރުވާ ދިނުން ވަރަށް ބޮޑަށް ލަސްވެފައި ވަނިކޮށް އެކުއްޖާ ނިޔާވި މައްސަލާގައި ހެލްތް މިނިސްޓަރު ނަސީމަށް ގިނަ ބަޔަކު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އިސްތިއުފާ ދިނުމަށް ގޮވާލާފައިވެއެވެ.

ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، އުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދުގެ ހާލު ގޯސްވުމުން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅުމުން އެމްބިއުލާންސް އައިސްފައިވަނީ ދެ ގަޑިއިއަރަށް ވުރެ ގިނައިރު ވީ ފަހުން ނެވެ.

މިޝްކާ ނިޔާވެފައިވަނީ އައިޖީއެމް ހޮސްޕިޓަލްގެ އެމަޖެންސީގައި ފަރުވާދެނިކޮށް 12:10 ގައެވެ. އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނަ އިރެއް ނުވަނީހެވެ.

މި މައްސަލާގައި އެމްބިއުލާންސް އައުން ލަސްވުމުން މިކަން ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ. އަދި ހެލްތް މިނިސްޓަރ ނަޞީމް ވަނީ އެ ކުއްޖާގެ ނިޔާވި މައްސަލާގައި މައާފަށް އެދިފައެވެ.

މީގެ އިތުރުން އެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަމުން އަންނަ ކަމަށް ބުނެފައިވާއިރު ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ މައްސަލަ ހުށަހަޅާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މުޖޫ

    ހެލުތް މިނިސްޓްރީގެ އިހުމާލެއް އެބައޮތޯ؟ ނަސީމު ބުނަނި. އެކަމު އެބޭފުޅާގެ އިހުމާލެއް އޮތްތޯ ބަލާފަޔޯ އިސްތިއުފާދޭނީ.. ހަހަހަ ހީހީ ހަލާކު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ