ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހުރިހައި ފަރާތްތަކެއްގެ އިހުމާލުން ވާ ކަމެއްގައި ހަމައެކަނި ޒިންމާ ނަގަން ޖެހޭނީ އެބޭފުޅާ ނޫން ކަމުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހެލްތް މިނިސްޓަރު ނަސީމު ވިދާޅުވީ، އިސްތިއުފާ ދޭން ޖެހޭކަން އަދި އިނގިވަޑައިނުގަންނަވާ ކަމަށާއި އެބޭފުޅާގެ އިހުމާލެއް މީގެ ތެރޭގައި އޮތީ ކޮން ހިސާބަކުންތޯ ވެސް އިނގެން ޖެހޭ ކަމަށެވެ.
"ހެލްތް މިނިސްޓްރީއަކީ ގާތްގަނޑަކަށް 8000 މީހުން މަސައްކަތް ކުރާ ތަނެއް. އަޅުގަނޑުމެންގެ އިމާރާތުގައި އެކަނިވެސް މަސަތްކަތް ކުރޭ 480 އެތައް މީހުނެއް. އެހެންވީމައި އެ ހުރިހައި އެންމެންގެ ފަރާތުން ވާ ކަމެއްގައި ހަމައެކަނި އަޅުގަނޑުތޯ އެ ޒިންމާ ނަގަން ޖެހޭނީ؟" މިނިސްޓަރު ނަސީމު ވިދާޅުވިއެވެ.
މިނިސްޓަރު ނަސީމު އިތުރަށް ވިދާޅުވީ، ކަންތައްތައް ހިންގުމަށް މީހުނާ ހަވާލުނުކޮށް ދޫކޮށްލާފައި އޮތްކަމަށް ވަނީނަމަ އެއީ ވަރަށް ބޮޑު އިހުމާލެއް ކަމަށާއި ގެންނަން ޖެހޭ އިސްލާހުތައް ނުގެންނަ ކަމަށް ވަނީނަމަ އެއީ އެބޭފުޅާގެ އިހުމާލެއް ކަމަށެވެ.
އުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދަށް ފަރުވާ ދިނުން ވަރަށް ބޮޑަށް ލަސްވެފައި ވަނިކޮށް އެކުއްޖާ ނިޔާވި މައްސަލާގައި ހެލްތް މިނިސްޓަރު ނަސީމަށް ގިނަ ބަޔަކު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އިސްތިއުފާ ދިނުމަށް ގޮވާލާފައިވެއެވެ.
މިޝްކާގެ ހާލު ގޯސްވުމުން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅުމުން އެމްބިއުލާންސް އައިސްފައިވަނީ ދެ ގަޑިއިއަރަށް ވުރެ ގިނައިރު ވީ ފަހުން ނެވެ.
މިޝްކާ ނިޔާވެފައިވަނީ އައިޖީއެމް ހޮސްޕިޓަލްގެ އެމަޖެންސީގައި ފަރުވާދެނިކޮށް 12:10 ގައެވެ. އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނަ އިރެއް ނުވަނީހެވެ.
މި މައްސަލާގައި އެމްބިއުލާންސް އައުން ލަސްވުމުން މިކަން ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ. އަދި ހެލްތް މިނިސްޓަރ ނަޞީމް ވަނީ އެ ކުއްޖާގެ ނިޔާވި މައްސަލާގައި މައާފަށް އެދިފައެވެ.
މީގެ އިތުރުން އެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަމުން އަންނަ ކަމަށް ބުނެފައިވާއިރު ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ މައްސަލަ ހުށަހަޅާފައެވެ.





7 Responses
ބަލަ މިހިރަ **ޔާ އިސްކޮށް ހުންނަ މީހާއަށް މެނޭޖު ނުކުރެވުނީމާ އެމީހާ ޖެހޭނީ ފުރަތަމަ އިސްތިޢުފާ ދޭން. އޭގެ ފަހުގައި ދެން ޒިންމާ އުފުލަންޖެހޭ މީހުންނަށް އަޅަންޖެހޭ ފިޔަވަޅު އަޅަން ޖެހޭނީ.
ތިމާގެ ބެލުމުގެ ދަށުގައިވާ ޒިމްމާތަކުން ނުރެކެވޭނެ
ދެން ކީއްވެ މިޝްކާގެ ޢާއިލާއަށް ގުޅާފައި މަޢާފަށް އެދުނީ.. ޒިންމ ނަގަނ ނުޖެހޭތީތޯ
2013 އިން 2018އައް ނަސީމުގޮވަމުންދިޔައީ ރަށެއްގަފެންބޮޑުވިޔަސް ދޯންޏެއްގެ އިންޖީނުހަލާކުވިޔަސް ރައީސްޔާމީން ޒިންމާވާންޖެހޭކަމައް އަދި އިސްތުއުފާއައްވެސްގޮވި މިއަދު ނަސީމާޖެހުނީމަ ޒިންމާވާންޖެހޭ އެއްވެސްކަމެއްނެއް
8000 vazeerun ulhey ministry eh!?
ދަށުން މައްސައްކަ ކުރާމީހުން ފަރުވާކުޑަ އިރުވެސް އެމީހުން ރަންގަޅު ނުކުރެވުމަކީ ވެރިމީހާގެ މައްސަލައެ
ހެހެހ. ޝިދާތ ޝަރީފުވީމަތ ޒިންމ ނަގަންޖެހެނ އެކަމަނާގ އިސްތިއުފާއަށ ގޮވ މީހުންދ