ފޮޓޯ: މަޖިލިސް ގެލެރީ

އަޅުގަނޑަކީ ކަނޑައެޅިގެން އިސްލާމެއް، ލާދީނީ މީހެއް ކަމަށް ބުނުމަށް ނޭދެން: ނަޝީދު

އެމަނިކުފާނަކީ ކަނޑައެޅިގެން އިސްލާމެއް، ލާދީނީ މީހެއް ކަމަށް ބުނުމަށް ނޭދޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިފަދައިން ވިދާޅުވީ، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، އަދި އެފަދަ ކަމެއްގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައަޅައިފައިވާ އިސްލާހާއި ގުޅިގެންނެވެ.

މި އިސްލާހުގައި ބުނެފައި ވަނީ އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ވާނެކަމަށެވެ.

މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އިސްލާމް ދީނުގެ އުސޫލްތަކާއި ހިލާފަށް އުޅޭ މީހެއް ނަމަ، އެތައް ބައެއްގެ ނަޒަރުގައި އެމީހަކީ "ލާދީނީ" މީހެއްކަމަށް ބުނެވެން ޖެހޭ ކަމަށާއި ނަމަވެސް އިސްލާމް ދީނުގެ އެންމެ މަތިވެރި އުސޫލަކީ ޣައިބަށް އީމާންވުން ކަމަށެވެ.

"އަޅުގަޑަކީވެސް ލާދީނީ މީހެއްކަމަށް ބުނުމުގެ ހައްޤު އެހެން މީހުނަށް އޮންނާން ޖެހޭނެ ކަމަށް އެތައްބަޔަކު އެބަދެކޭ. އަޅުގަޑަކީ ކަނޑައެޅިގެން އިސްލާމެއް ކަމަށް އަޅުގަނޑުދެކި ހުރިއިރު، އަޅުގަޑަކީ ލާދީނީ މީހެއް ކަމަށް ބުނުމަށް އަޅުގަޑަކު ނުއެދޭން. ސުވާލަކީ އަނެއްމީހާ އަޅުގަޑާއި ދިމާއަށް އެފަދަ ބަސްތަކެއް ރައްދު ކުރާން ބޭނުންވާ ސަބަބާއި ގުޅޭ ގޮތުން އުފެދޭ ސުވާލު. އޭނާގެ ނަޒަރުގައި އަޅުގަޑު ގޯހީ."

އެގޯސް ފާހަގަ ކުރަން އެދިދާނެ ދެ ގޮތެއް ވިސްނޭ ކަމަށާއި އެއީ އިސްލާމްދީން ޤަބޫލް ކުރާ އެހެން މީހުންގެ ހިތްތަކުގައި އަޅުގަޑާއި މެދު ނަފްރަތު އުފެއްދުން ނުވަތަ އަޅުގަޑުގެ ސަބަބުން އިސްލާމް ދީނަށް ގެއްލުން ވާކަމުން، އިސްލާމް ދީނުގެ ދިފާއުގައި އަޅުގަނޑުގެ ގޯސް އޭނާ ފާހަގަ ކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މީހަކު ލާދީނީ ވެއްޖެ ނަމަ، އެމީހެއްގެ މައްޗަށް ދިވެހި ޤާނޫނު ހިންގޭނެ. އަދި އަބަދުވެސް ހިނގާ. އިސްލާމް ދީނުގެ ދިފާއުގައި ތެދުވަނީ ދިވެހި ދައުލަތް. މި ދައުލަތް ރޭވި ފައިވާ ގޮތުގައި ދިވެހިދައުލަތުގެ ފަރާތުން ވަކި ފަރުދުން ކުރާންޖެހޭ ކަންތައްތަކެއް ހުރޭ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ވަކި މީހަކީ ލާދީނީމީހެއްކަމަށް ބުނުމަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރުން ކަމަށާއި އެކަމުގެ ސަބަބުން ޖިނާއީ ދައުވާ އުފުލޭނެ ކަމަށެވެ. އަދިއެއްވެސް ދިވެހި ރައްޔަތެއްގެ އެނގުމާއި ފެނުމުގެ ތެރެއިން، އެހެން އެއްވެސް މީހެއް ޤާނޫނާއި ޚިލާފް ވާނަމަ، އެރައްޔިތެއްގެ ވާޖިބަކީ، އެކަމެއް ދިވެހި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް އެންގުން ކަމަށް ވިދާޅުވިއެވެ.

އިސްލާމް ދީނާއި ދައުލަތުގެ ދިފާއުގައި ހަރަކާތް ތެރިވާނީ ވަކި ފަރުދެއް ނޫން ކަމަށާއި  ދައުލަތުގެ އިދާރާ ތަކާއި ވުޒާރާތައް ކަމަށް ވިދާޅުވިއެވެ.

ގާނޫނުލްއުގޫބާތުގައި ވާގޮތުން ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށަކަށް އެންމެބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އޭގެ އިތުރުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފައެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފައިވާއިރު، ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އަދި މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުންވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެއެވެ

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް

2 Responses

  1. މީހެއް

    އެބަޔަކު ބޭނުން އެއްޗެއް ކިޔަނީ ހަމަ! ރައީސް ނަޝީދު އާ ވަރަށްކުރިންވެސް ދިމާވޭ. 1990 އިގެ އަހަރުތަކުގަ ކުރީކޮޅު ގަލޮޅުގެ ގެޔަކަށް ރާޒުވާ ކުޅެން އަންނި އާ ބައެއް ރައްޓެހިން ޖަމާވާނެ. ގިނަ ހަފްތާ ބަންދުގައި ފަތިސްވަންދެން ތިބެފަ ނިދައިގެން ނުވާނެޔޭ ކިޔާ ބަންގިގޮވުމުން ނަމާދު ކޮށްގެން ގެޔަށް ވަންނާނީ. އެންމެން ނިދަންގެޔަށް ދިޔަޔަސް ތިމަންނާ ދެން މިހާއިރު ހޭލާހުރެފަ ނަމާދުނުކޮށް ނުނިދާނަމޭ ކިޔާފަ މިސްކިތަށްދާނީ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ