ކުޅުދުއްފުށިން ޒުވާނަކު ރަހީނުކުރި މައްސަލާގައި ހަތަރުވަނަ މީހަކު ޙައްޔަރުކޮށްފި

ކުޅުދުއްފުށިން ޒުވާނަކު ރަހީނުކުރި މައްސަލާގައި ހަތަރުވަނަ މީހަކު ޙައްޔަރުކޮށްފިއެވެ.

"ފެށުމުން" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ކުޅުދުއްފުށީގައި 2021 މެއި 29 ވަނަ ދުވަހުގެރޭ މީހަކަށް އަނިޔާކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 20 އަހަރުގެ ދިވެހި ޒުވާނަކު މިރޭ ޙައްޔަރުކޮށްފައިވާކަމަށެވެ.

މީގެއިތުރުން މިމައްސަލާގައި އުމުރުން 19 އަހަރުގެ ދިވެހި ޒުވާނަކުވެސް މިއަދުވަނީ ޙައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާއި ގުޅިގެން މިހާތަނަށް ޖުމްލަ 4 މީހަކު ޙައްޔަރުކޮށްފައިވާކަމަށެވެ.

މައްސަލައާ ގުޅިގެން މިމަހުގެ އެއްވަނަ ދުވަހުވެސް ވަނީ ދެމީހުން ހައްޔަރުކޮށްފައެވެ. މީގެ ކުރިން މިމަހުގެ އެއްވަނަ ދުވަހު ހައްރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 25 އަހަރުގެ ދިވެހި ދެފިރިހެނުންނެވެ. އެދުވަހު އެމީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެެވެ.

މި މާރާމާރީގައި ޒަހަމްވެފައިވަނީ އުމުރުން 29 އަހަރުގެ ޒުވާނެކެވެ. އޭނާގެ ބޯ ފަޅާލުމުގެ ސަބަބުން ސިކުންޑިއަށް ލޭއެޅި، ހާލު ސީރިއަސްވުމުން މާލެ ގެނެސް މިހާރު ފަރުވާ ދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ