ސަރުކާރަށް ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ފަރާތެއް ކަމަށްވާ އަހުމަދު ހުސެއިން މަނިކު (ފިޔާތޮށި އަހުމަދު މަނިކު) ނިޔާވެއްޖެއެވެ.
އަހުމަދު ހުސެއިން މަނިކު އަވަހާރަވީ ކޮވިޑް-19ގެ އާލާސްކަންފުޅުގައި ފަރުވާ ހޯއްދަވަނިކޮށް މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 100 އަހަރެވެ.
އަހުމަދު ހުސެއިން މަނިކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި އަތޮޅުވެރިކަމާއި ސަރުކާރުގެ އޮފީސްތަކުގެ ވެރިކަން ކުރައްވާފައިވާ ބޭފުޅުކެވެ.
އަހުމަދު ހުސެއިން މަނިކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ދެބެންގެ ދެދަރި ބޭފުޅެކެވެ.
މާތްﷲ، މަރްޙޫމް އަހުމަދު ހުސެއިން މަނިކުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ.





ހިޔާލު
ކިތައް މީހުން ނިޔާވިވާހަކަ މީގަ އެބޮތް. ޢަޅުގަަނޑަށް ހީވޭ ނޫރައްދީނެއްގެ ވާހަކަވެސް އޮތްހެން….