އީދު ފާހަގަކުރުމުގެ ތެރެއިން: ފޮޓޯ - މިހާރު

ގިނަ ބަޔަކު އަތޮޅު ތެރެއަށް ފުރުވާލައި، ޢީދު ކުޅިވަރަކަށް ކޮވިޑް!

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

2020 މާރިޗު މަހުން ފެށިގެން ދިވެހިރާއްޖެއިން ކޮވިޑް-19 ފެނުމާއެކުހެން އިއުލާންކުރި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދަނީ ކުރިއަށެވެ. އެ ހާލަތަށް ނިމުމެއް އަންނާނެ ދުވަހެއް ލަފާކުރަންވެސް ދައްޗެވެ. ނަމަވެސް މީގެ މަހެއްހާ ދުވަސްކުރިން ރައީސް ޞޯލީޙް ވިދާޅުވި ބީދައިން މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުޞަތު ސަރުކާރުން މިހާރު ވަނީ ފަހިކޮށްދީފައެވެ. އެއާއެކު އުފަލުގައި އަތްޖަހާ ބަޔަކު ތިބިއިރު ކަންބޮޑުވާ ދިވެހި ރައްޔިތުންތަކެއްވެސް ތިބިކަމީ ހަޤީޤަތެކެވެ.

ސަރުކާރުން މިމަހުގެ 7 ވަނަ ދުވަހު ފުރަތަމަ ނިންމެވީ ކޮވިޑް-19 އަށް ދެމުން އަންނަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، 14 ދުވަސް ހަމަވެފައިވާ ފަރާތްތަކުން އެއަރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކަރަންޓީންވާން ނުޖެހޭނެ ކަމަށެވެ. އަދި އެދުވަހު އެޗްއީއޯސީގެ ޑޮކްޓަރުން ވިދާޅުވީ، މި ލުއިފަސޭހައިގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭތީ ވެކްސިން ނުޖެހޭ ކުޑަކުދިން ނުހިމެނޭނެ ކަމަށާއި، އެކުދިންގެ ފަރާތުން އެހެން މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ފަހިކޮށް އޮންނާނެ ކަމަށެވެ.

ނަމަވެސް އެރޭގެ މެންދަމުވުމުގެ ކުރިން ސަރުކާރުގެ ވިސްނުން ބަދަލުގެ އެއްވެސް އަސާސެއްނެތި، އުމުރުން 18 އަހަރު ނުފުރޭ، ވެކްސިންވެސް ނުޖަހާ ކުދިންނަށްވެސް ކަރަންޓީނު ވުމަކާއި ނުލައި ދަތުރުކުރެވޭނެ ކަމަށް ސަރުކާރުން އިއުލާންކުރެއްވިއެވެ. އެނިންމުމަކީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއްތޯ "ފެށުމުން" ސުވާލުކުރުމުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒްވެސް އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤްވެސް ހުންނެވީ "ހަނެވެ."

ހިފެހެއްޓުމެއްނެތި، އެއްވެސް އަސާސެއްނެތި ސަރުކާރުން ރައްޔިތުންނަށް ދިން ލުއިތަކަށްފަހު މިއަދު ފެނިގެން މިދިޔައީ މުޅިން އެހެން މަންޒަރެކެވެ. އަހަރަކަށްވުރެ ގިނަ ދުވަހު މާލޭ ބަންދުގައި ތިވި އެތައް އާއިލާތަކެއް އެތަން މިތަނަށް ދަތުރުކުރުމުން ސަރުކާރުން ނިންމާފައި މިވަނީ ތަފާތު މިންމުމެވެ. މީގެ ކުރިން މިނިވަންކަމާއެކު އުޅުނު އަތޮޅުތެރޭގެ ރައްޔިތުންގެ ޢީދު ކުޅިވަރުތައް ހުއްޓާލައި އީދު ކުޅިވަރަކަށް "ކޮވިޑް-19" ހެދުމަށް ސަރުކާރުން މިރޭ މިވަނީ ނިންމާފައެވެ.

ސަރުކާރުން ޢީދު ބަންދާއި ދިމާކޮށް އަޅާ ހާއްޞަ ފިޔަވަޅުތައް މިރޭ އިއުލާނުކޮށްފައިވާއިރު، ތިންވަނަ ނުކުތާގައި ބުނެފައިވަނީ ޢާއްމުކޮށް ދިވެހިން ޢީދު ފާހަގަކުރާ ބީދައިން ޢީދު ކުޅިވަރުތައް ކުޅުން މަނާކޮށް، ކުޅިވަރު މުބާރާތްތައްވެސް ބޭއްވުން މަނާކޮށްފައެވެ.

"ގިނަ މީހުން އެއްވެގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުން. ޢީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ޙަރަކާތްތައް އިޙްތިޔާރުކުރުން އަދި އެއްރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުން. އަދި އަދި ކުޅިވަރު މުބާރާތްތައް ނުބޭއްވުން." އެޗްޕީއޭގެ އިއުލާނުގައި އަޅަން އިލްތިމާސްކޮށްފައިވާ ފިޔަޗަޅުތަކުގެ ތެރޭގައި ބަޔާންކޮށްފައިވެއެވެ.

ދިވެހީން ޢީދު ފާހަގަކުރަނީ މުޅި މުޖުތަމައުގެ އެންމެހާ އަޙުންނާއި އުޙްތުން ބައިވެރިވެގެން ކުރިއަށް ގެންދެވޭ އެކުވެރި އެއްބައިވަންތަ، އަދި ވާދަވެރި ހަރަކާތްތަކާ އެކުގައެވެ. އަވަށްޓެރި ރަށްތަކުގެ މެދުގައި ކުޅެވޭ އެކުވެރިކަމުގެ ފުޓްބޯޅަ، ވޮލީ، ނެޓްބޯޅަ، ބާސްކެޓްބޯޅަ އަދި ބަށި ބޯޅައިގެ މެޗުތައްވެސް ފެންނަނީ މަދަކުން ނޫނެވެ.

ސަރުކާރުން ކޮވިޑަށް ދިން "ސިޔާސީ ލުއިތަކާއެކު" ނަތީޖާއަކަށް ވެގެން މިދިޔައީ އެތައް ބަޔަކު ޢީދު ފާހަގަކުރަން އެކި ރަށްރަށަށް ދަތުރުކުރުމެވެ. ނަމަވެސް އެންމެ ފަހުން ސަރުކާރުން ނިންމާފައިމިވަނީ ޢީދު ކުޅިވަރުތައް ހުއްޓާލައި، ޢީދު ކުޅިވަރަކަށް "ކޮވިޑް" ހަދާށޭ ބުނުމަކުން ދޮގަކަށް ނުވޭނެއެވެ. ނަމަވެސް މިއީ ދިވެހީން ދެކޭން ބޭނުންވި ނަތީޖާ ނޫންކަމީ ޔަޤީންވާ ކަމެކެވެ. 2021 އެޕްރީލް 10 ވަނަ ދުވަހު ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލާން ކަރަންޓީނުވުމަކާއި ނުލައި ދަތުރުކުރަން ދިން ފުރުޞަތާއި، އެންމެން އެއްވެ ބޭއްވި އިންތިޚާބަށްފަހު ރާއްޖެއަށް އެރި ކޮވިޑް-19 ގެ ތިންވަނަ ރާޅު ދިވެހިން ދެކެފިއެވެ. އެފަދަ ހަތަރުވަނަ ރާޅަކަށް ޞިއްޙީނިޒާމާއި ދަޢުލަތް އަދި ރައްޔިތުންވެސް ތައްޔާރެއް ނޫނެވެ. އެފަދަ ދަތިކަމެއްް ތަހައްމަލުކުރަން ދިވެހީން ނޭދޭނެކަން ކަށަވަރެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

ހިޔާލު

  1. މަރީ

    ބަޔަކު ލުއި ތަކެއް ދިނީމަ ޖެހޭތަ ފުރަ ފުރައިގެން ދާން

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
23 ގަޑިއިރު ކުރިން