ހައްދުންމަތީ ފޮނަދޫގެ މޮނިޓަރިންގ ހާލަތު އުވާލައި، ގދ.މަޑަވެލި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެންއީއޯސީން ހާމަކޮށްފައިވާ ގޮތުގައި 16 ދުވަހަށްފަހު މިއަދު މެންދުރުފަހު ލ.ފޮނަދޫގެ މޮނިޓަރިން އުވާލާފައިވާއިރު، ގދ.މަޑަވެލި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދުއެވެ.
މިއާއެކު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ އަދަދު މިހާރު ހުރީ 24 ގައެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތައް:
- ކ.މާފުށި
- ހއ.އިހަވަންދޫ
- ހދ.ނޮޅިވަރަންފަރު
- ށ.ފުނަދޫ
- ބ.ދަރަވަންދޫ
- ދ.ބަނޑިދޫ
- ލ.ގަން
- ގދ.ގައްދޫ
- ރ.އުނގޫފާރު
- ހދ.ހަނިމާދޫ
- ކ.ގުރައިދޫ
- ބ.އޭފަފުށި
- ހއ.ދިއްދޫ
- ތ.ގުރައިދޫ
- ބ.ގޮއިދޫ
- ޅ.ކުރެންދޫ
- ހދ.ކުޅުދުއްފުށި
- ލ.ދަނބިދޫ
- ލ.ހިތަދޫ
- ށ.ކަނޑިތީމް
- ވ.ކެޔޮދޫ
- ނ.ކުޑަފަރި
- ގދ.ތިނަދޫ
- ގދ.މަޑަވެލި
މިވަގުތު ރާއްޖެ އޮތީ ކޮވިޑް-19 ފެތުރެމުންދާ މިންވަރު ރެކޯޑް މިންވަރަކަށް އުފުލި ރެޑް އެލާޓްގައެވެ. އެގޮތުން އިއްޔެ އެކަނިވެސް 2484 ފަރާތެއް އަލަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު މިވަގުތު ހުރީ 14،636 ގައެވެ.
✳️ COVID-19 : Case Updates pic.twitter.com/FvEniE8Bx4
— Health Protection Agency (@HPA_MV) January 23, 2022
ހަލުވިކަމާއެކު ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާއިރު ކަމާބެހޭ ފަރާތްތަކުގެ ވިސްނުން ހުރީ ޤައުމު ބަންދުކުރުމުގެ ބަދަލުގައި ބައްޔާއެކު ކުރިއަށް ދިއުމަށެވެ.