ކޮވިޑަށް މިއަދު ފައްސިވެފައިވަނީ 55 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 4،580 ސާމްޕަލް ކަމަށާއި އޭގެތެރެއިން ފައްސިވެފައިވަނީ 55 ސާމްޕަލް ކަމަށެވެ.
ކޮވިޑް-19 އަށް މިއަދު އަލަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 25 މީހުން، އަތޮޅުތެރޭ ރައްތަކުން 20 މީހުން، އަދި ރިސޯޓުތަކުން 10 މީހުން ކަމަށެވެ.
✳️ COVID-19 : Case Updates pic.twitter.com/TSktOLDZVm
— Health Protection Agency (@HPA_MV) July 9, 2021
މިއަދު އަލަށް ކޮވިޑް-19 އަށް ފައްސިވި މީހުންނާއެކު މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދުވަނީ 74،903 އަށް އަރައިފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އައްނަ މީހުންގެ އަދަދަކީ 2،801 މީހުންނެވެ. މީގެތެރެއިން 26 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.




