ކިއްލިން ހިތި ފިލުވާނެގޮތް ރޮޒައިނާ ހޯދަނީ!

ކިއްލިން ހިތ ިފިލުވާނެ ގޮތް ހޯދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފައްޓަވައިފިއެވެ.

ފޭސްބުކްގައި މިރޭ ކުރައްވާފައިވާ ޕޯސްޓެއްގައި ރޮޒައިނާވަނީ ކިއްލި ތަޅާއިރު، ލާ ހިތިރަހަ ފިލުވާނެ ގޮތް އެނގޭ އެއްވެސް މީހަކު ހުރިތޯ ސުވާލުކޮށްފައެވެ. ރޮޒައިނާގެ މިޕޯސްޓަށް ގިނަ ބަޔަކު ރިއެކްޓްކޮށް އަދި ކޮމެންޓް ކުރަމުންދާއިރު، މިޕޯސްޓުގެ ފަހަތުގައި އޮތީ ކޮންކަމެއް ސާފެއް ނުވެއެވެ. ސިޔާސީ ގޮތުން ގިނަ ބަޔަކު ޚިޔާލުތަފާތުވެފައިވާ، މިދަނޑިވަޅުގައި ރޮޒައިނާ ކުރި މިޕޯސްޓަކީ ސިޔާސީ ކަމަކާއި ގުޅުވައިގެން ކުރި ޕޯސްޓަކަށްވެސް ވެދާނެއެވެ.

ނޫނީ ރޮޒައިނާ ހަމަ މީރުކޮށް ކިއްލި ކާހިތުން ކިއްލިން ހިތި ފިލުވަން ބޭނުންވަނީ ކަމަށްވެސް ވެދާނެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެއްވި ފުރުސަތެއްގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުން 2008 ސިޔާސީ ހަޔާތް ފެއްޓެވި ރޮޒައިނާއަކީ މިހާރު އެމްޑީޕީ މެންބަަރެކެވެ. ރޮޒައިނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ޑީއާރުޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާ އެކު އެ ޕާޓީ ފުނޑުވުމާ އެކުއެވެ.

މާރކެޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ކުޅަދާނަ ވާހަަކަދެއްކުންތެރިޔާ ރޮޒައިނާ ސިޔާސީ ދާއިރާއާ ގުޅިވަޑައިގެންނެވުމުގެ ކުރިން އުޅުއްވީ ތައުލީމީ ދާއިރާގަ އެވެ.

ރޮޒައިނާއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށް ވަރަށް ތާޢީދުކުރައްވާ ބޭފުޅެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަކީ ބަހަށްވުރެ އަމަލު ގިނަ ވެރިއެއް ކަމުގައި ރޮޒައިނާ ދާދިފަހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
212111
ގުޅުންހުރި ލިޔުންތައް

4 Responses

  1. ކިއްލި

    މާމުއި އަޅައިގެން ތަޅާލަ ބަލަ .ހިތިރަހަ ކެނޑޭނެ. ތަޅާނިމުނީމާ ބިލެއް ހުނި ގިރާފަ ޢަޅާލީމާ ހުންނާނީ ރަގަޅަށް ކިއްލި ތަޅާލެވިފަ.އަނގަ ޔަށް ވަރަށް މީރު ވާނެ . ޢަނގަ ހަލުވިވެސް ވާނެ . ޜޮޒޭ މެން ގޮތް ބަލާލަބަލަ. ދުވަސް ކޮޅަކުން ކިއްލި ފެކްޓަރީ އެއް ހުޅުވާ. ބޭބެމެން ބޭނުން ތިޔާ ފެކުޓަރީ ގެ މެނޭޖަރު ކަން . ބޭބެ ވެސް ކުރިން ކިއްލި ތެޅީމޭ . ޢެހެންވެ ކޮންމެސް ވަރެއް ގެ ތަޖުރިބާ ހުންނާނެ.

  2. kahthiri

    Siyaasy posteh. Namaves dheyha kuruvan beynunvi maana dhivehinna dheyha vaa varu nuvi. Ei killi aku thalhaa iru eige hithi raha eh hunna ehcheh noon. Dhn othy jissumah, majaazy kohlan bunegen ves maana fushu araathy dhimaleh nuvi.

  3. މީހެއް

    އެކޮޔައް ހަމަ ކިއްލިވަރައް މީރުވާނެ ސަބަބަކީ އެކޮއިގެ މުޅިއާއަލާކުދިން ވެސްތިބޭނީ ކިއްލިޔާގެން ހޭބަލވެފާ!ކާންވާ ވަރައް އެކޮޔައްކިއްލި ނުކެވެނީ ހަމަހިތިރަހަލާތީ ނިދަ ނިދާ ފާތެދުވެގެން ވެސް ކާނީހަމަ ކިއްލި ކިއްލިކާކަން އެނގޭނެ އެކޮޔައް ބަލާލިޔަސް.

  4. Hum

    Dhon aadhanfulhah egeyne kihlithalhan

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ