އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް | ފޮޓޯ: މަޖިލިސް

ސަރުކާރު ރަނގަޅު، ކޮންކަމެއް ނުވެގެން ތެޅި ފޮޅެނީ؟: ރޮޒައިނާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މަސައްކަތްތައް ވަރަށް ރަނގަޅު ކަމަށާއި ބަޔަކު ތެޅި ފޮޅެނީ ކޮން ކަމެއް ނުވެގެންތޯ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ސުވާލު އުފައްދަވައިފިއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވެފައިވަނީ، އެމްޑީޕީގެ އެތެރޭގައި މައްސަލަބޮޑުވެ އެކި ފަރާތްތަކުން ބަހުގެ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.

ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހްގެ ސަރުކާރުން ޖުމްލަކޮށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު ވަރަށް ރަނގަޅު ކަމަށެވެ.

"ކޮވިޑްގެ މި ހާލަތުގައިވެސް ޕްރޮޖެކްޓްތައް ހިންގަވާ. ވަޒީފާއިން ބަޔަކު ނުކަނޑާ. ކޮރަޕްޝަންގެ އަމަލުތަކަށް ބަރާބަރަށް ފިޔަވަޅު އަޅުއްވާ. ކޮންކަމެއް ނުވެގެންތޯ ބަޔަކު މި ތެޅިފޮޅެނީ؟" ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި މައްސަލަގަނޑޫ ބޮޑުވެގެން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝިދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހުގައެވެ.

އެގޮތުން އެ މައްސަލައިގެ އިންކުއަރީއެއް މަޖިލީހުން ހަދަމުން އަންނައިރު، އެ ތަހުގީގްގެ މިސްރާބު ބަދަލުކޮށްލުމަށް ސަރުކާރުން މަސައްކަތްކުރާކަމަށް، ރައީސް ނަޝީދަށް ތާޢީދުކުރައްވާ އެމްޑީޕީ މަޖިލިސް ބައެއް މެންބަރުން ދަނީ ވިދާޅުވަމުންނެވެ. މިމައްސަލަ އެންމެ ބޮޑަށް ހޫނުވީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއަކާއި ގުޅިގެންނެވެ.

އަަދި ބިގޭގެ ދިފާޢުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވާހަކަފުޅު ދައްކަވާފައިވާއިރު، ނަޝީދު ވަނީ ބިގޭއަށް ޓުވިޓާގައި ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

މިފަދަ ތުޙުމަތެއް ކުރަމުންދާއިރު، މި މައްސަލައިގެ އިންކުއަރީއަށް ހުރަސްނާޅާނެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި ވިދާޅުވެފައިވަނީ ނަޝީދަށް ދިން ހަމަލާ ސަރުކާރުން ބަލައި ނުގަންނަކަމަށާއި، މިއީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ގައުމު ދާންވީ ވަގުތެއް ނޫންކަމަށެވެ.

އެމްޑީޕީގެ މަސައްކަތް ދެބައިވީ އެމްޑީޕީ އަދި ރައީސް ނަޝީދު އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުމުންކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައިވާއިރު، ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިކުރަން ނުޖެހޭ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާ މެންބަރު އަލީ ހުސައިން ވަނީ ރައްދު ދެއްވައިފައެވެ.

 

 

މިލިޔުން ކިޔާލުމުން
212
ގުޅުންހުރި ލިޔުންތައް

3 Responses

  1. ތަކުރު

    ލާރި ގަޑެއް ލިބުނީތަ؟ ލެއްގީތަ؟ ނޫނީ މަޅާލީތަ؟

    • buwbO

      ކޮން ކަމެއް ކުރެވުނީ؟ދައުރު ހަމަވަނީ،ތިމާމެންގެ ޖީބު ބޮޑު ކުރުން ނޫން އެއްކަމެއްވެސް ނުުކުރޭ ރައްޔިތުންގެ ބައިތުލް މާލުން،ތަރައްގީ އޭ ކިޔާފައި ރޮޒައިނާވެސް ދަނީ ލަގްޒަރީ ރިސޯޓް ތަކަށް އޯވަރ ނައިޓް ހަދަން،ކުރަންބޭނުންވާ ކަންތަށް ގޭ ކޮޓަރީގައި ނުކުރެވޭތީ،

  2. ހުސޭން

    ދިވެހި ރައްޔިތުންވެސް ތިހާ ގަމާރެއްނޫން. ޥާނުވާ އެނގޭ.
    ކުޅުދުއްފުޝީ ކައުންސިލުން ރޭގަވެސް ބުނި ކޮވިޑުގަ ބަލިވާމީހުން ބައިތިއްބާނެ ތަނެއް އަދިވެސް އެސިޓީގަ ހެދިފަނެއްވާހަކަ. މީ އަދި އެއްކަން…..!

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ