ރޮޒެއިނާ އާދަމް - ފޮޓޯ: ޕިންޓްރެސްޓް

މީޑިއާތައް ވަރަށް ޒިންމާދާރުވާންޖެހޭ: ރޮޒެއިނާ

މީޑިއާއަކީ ޑިމޮކްރަސީގެ 4 ވަނަ ތަނބުކަމުގައި ވާއިރު، މީޑިއާއިން ޢަމަލު ކުރަންވާނީ ވަރަށް ޒިންމާދާރުކަމާއެކު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައި މިވަނީ ބޭރު ޤައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާޢިއުކުރަމުންދާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވަނިކޮށެވެ.

މީގެ އިތުރުން ރާއްޖޭގެ ބައެއް މީޑިއާތަކުން އިންޑިއާއާއި ދެކޮޅަށް ދައްކަމުންދާ ވާހަކަތައް ހުއްޓުވައި އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅައިދިނުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށްވެސް ހުށައަޅާފައެވެ.

ރޮޒެއިނާ މިއަދު ކުރެއްވި ޓްވީޓޭއްގައި ވިދާޅުވީ މީޑިއާތަކަކީ ދޮގު ހަބަރު ފަތުރާ ރައްޔިތުންނަށް ކަންކަން އަޅުވާލާ، ނަފްރަތު އުފައްދަން މަސައްކަތްކުރާ ބަޔަކަށް ވެގެން ނުވާނެކަމަށެވެ.

މީޑިއާގެ މިނިވަންކަމަށް އެކަމަނާ ފުރިހަމައަށް ތާޢީދު ކުރައްވާކަމަށް ވިދާޅުވެ ރޮޒެއިނާ ވިދާޅުވީ މީޑިއާތަކުން އެއްވެސް ތެދު ޚަބަރެއް ޖެހުމުގައި ހުރަހެއް އޮވެގެން ނުވާނެކަމަށާއި، ނަމަވެސް ތޯތޯ ވާހަކަ އާއި ބުނީ ބުނީ ވާހަކަ ކަމުގެ ދެކޮޅު ނުބަލައި ޖެހުމަށް ތާއީދު ނުކުރައްވާކަމަށެވެ. މިކަމުން މުޅި މުޖުތަމަޢު ހަލާކުވާކަމުގައި ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

ރޮޒެއިނާ ވަނީ މީޑިއާއަށް ހުރަސް އަޅަން އެމްއެމް ކޮމެޓީ އިން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މީޑިއާތަށް ޒިންމާދާރުކަމާއެކު ރައްޔިތުން އިތުބާރުކުރާ ރަނގަޅު ބައެއްގެ ގޮތުގައި ބިނާ ކުރުމަށް މީޑިއާކައުންސިލަށް ދޭންޖެހޭ އެއްބާރުލުން ދީ އެކަން ކުރެވޭތޯ ފާރަވެރިވާނެކަމުގައި ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ނާނާ

    ފުރަތަމަ ރައްޔިތުންނަން ރޮޒެއިނާ ޒިއްމާދާރުވޭ މަޖިލީހުގެ ހުރިހާ މެންބަރުންވާނީ ރައްޔިތުންނަން ހަރާމްކޯރުވެފައި ދެން. ހާހާހާ ހާހާހާ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ