ވެއްޓުނު ގަސް ނަގާ މަގު ސާފުކުރީ "ޔާނު" ސްޕީޑްގައި: ޝުޖާއު

ވައި ގަދަވެ ސަލްޓަން ޕާކުގެ ގަހެއް ވެއްޓި، ލިލީ މަގު ބަންދުވުމާއި ގުޅިގެން އެ ގަސް ނަގައި މަގު ސާފު ކުރީ "ޔާނު" ސްޕީޑްގައި ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ވައިގަދަވެ ސަލްޓަންޕާކްގެ ގަހެއް ވެއްޓި ލިލީމަގު އެއްކޮށް ބަންދުވެފައިވަނީ މިއަދު ހެނދުނު 7 ޖަހާކަށްހާއިރު އެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލިލީ މަގަށް ގަސް ވެއްޓުނީ ހެނދުނު 7 ޖަހާއިރު ކަމަށާއި މަލޭ ސިޓީ ކައުންސިލުން ގަސް ވެއްޓުނު ސަރަހައްދަށް ދިޔައީ 09:30 ގައި ކަމަށެވެ. އަދި މަގު ސާފުކޮށް އާންމު ރައްޔިތުންނަށް ހުޅުވާލީ މެންދުރު 12:30 ގައި ކަމަށް ވިދާޅުވިއެވެ.

"ސާބަހޭ އާދަމް ރަމީޒް، ތިޔަ ނިންމާލެއްވީ "ޔާނު" ސްޕީޑްގަ. ހުރިހާ މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ދަންނަވަން." ޝުޖާއު ވިދާޅުވިއެވެ.

ވައި ގަދަވުމުގެ ސަބަބުން މި ގަސް ވެއްޓިފައިވާއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
4212
ގުޅުންހުރި ލިޔުންތައް

3 Responses

  1. ޙޮޅީ ކޮޅު

    ގަދަ. ތިހެން ވާންޖެހޭނެ. ބެސްޓް.ޔާނުސްޕީޑް. ސްޕީޑް އަވަސް ހަމަ.ކުރިން ހުރީ ތެޔޮނުޖަހާތީ ދަބަރައް ވެފަ ހުރި އިންޖީނެއް.މިހާރު މިހުރީ ފަހުގެ ހޯސްޕަރ .

  2. ތާޑީ

    ޔާނު ސްޕީޑު ވަގުރުފިޔާޖީބަށްވަންނަ ސްޕީޑް

  3. ރަޝީދު

    ކުޑަކުޑަގަހެއްނަގަން 3 ގަޑީރު ވީމަ ޔާނު ސުޕީޑައި އެއްގޮތައް ވަގުތުންވެސްތިކުރީވައްކަންދޯ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ