އެޗްއީއޯސީގެ ދަރުމަވެރިއަކަށް ޖިންސީ ގޯނާ ކޮށްފި

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތް ކުރަމުން އަންނަ އަންހެން ދަރުމަވެރިއަކަށް ޖިންސީ ގޯނާ ކޮށްފިއެވެ.

މިފަދަ މައްސަލައެއް ފެންމަތިި ވެގެން އުޅޭކަމުގެ އަޑުތައް މީސްމީޑިއާގައި މިހާރު ފެތުރިފައިވާއިރު، ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ފުލުހުން ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

މިފަހަކަށް އައިސް ކުޑަކުޑަ މި ދިވެހިރާއްޖެއިން ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއްވަނީ ފެންމަތިވެފައެވެ. މިފަދަ މައްސަލަތަކުގެ ތުޙުމަތުކުރާ ފަރާތްތަކުގެ ތެރޭގައި އާންމު ރައްޔިތުން ފެށިގެން ސަރުކާރު އިސްވެރިންނާއި، މިނިސްޓަރުންނަށްވެސް ހިމެނެއެވެ.

އަދި މިފަދަ މައްސަލަތައް ރާއްޖޭގައި ގިނަވެގެން މިދަނީ އެކަންކުރާ މީހުންނަށް އެކަށީގެންވާ އަދަބު ނުދެވޭތީކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މިކަމާއި ގުޅިގެން އަދި އެޗްއީއޯސީގެ ބަހެއް ލިބިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
112
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ