ޔޫރޯގެ ބެލުމުގައި އެޗްޕީއޭގެ ފިޔަވަޅުތަކަށް އަމަލުކުރުމަށް ޔޫތް މިނިސްޓްރީން އިލްތިމާސް ކުރައްވައިފި

ޔޫރޯގެ މެޗްތައް ބެލުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފިޔަވަޅުތަކަށް އަމަލުކުރުމަށް ޔޫތް މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ.

ޔޫތް މިނިސްޓްރީން އިލްތިމާސް ކުރައްވާފައިވަނީ، ޔޫރޯ 2020 ގެ މެޗްތައް ބެލުމުގައި، ކޮވިޑް-19 ގެ މިޙާރުގެ ހާލަތައް ރިޢާޔަތްކޮށް، އެޗްޕީއޭއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާ އެއްގޮތައް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށެވެ.

މީގެ އިތުރުން، ކޮވިޑް-19 ގެ ހާލަތައް އަންނަ ބަދަލާއި ގުޅިގެން އެޗްޕީއޭއިން އަޅުއްވަމުން ގެންދަވާ އެންމެހައި ފިޔަވަޅުތަކަށް އަމަލުކުރެއްވުމަށް ވެސް ޔޫތް މިނިސްޓްރީން އިލްތިމާސް ކުރެއްވިއެވެ.

މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ކަމަށާއި މިއީ، އެންމެން އެކުގައި ކުރާ މަސައްކަތުން މި ހާލަތު ބަދަލުކޮށް، އިތުރު ލުއިތަކެއް ދެވޭނެ ހާލަތަކަށް ދިއުމަށްޓަކައި އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަވަންވީ ވަގުތު ކަމަށް ފުލުހުންވެސް ރޭ ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތަށްފަހު ދެން އަންނަ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ފަށާފައިވަނީ ރޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ