ބޮލީވުޑްގެ އަންކިތުއާއެކު އާ އަހަރު ފާހަގަކުރަން މިއުޒިކް ޝޯއެއް

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު  ތިވާރީއާއެކު އާ އަހަރު ފާގަހަކުރަން ހުޅުމާލޭގައި މިއުޒިކް ޝޯއެއް ބާއްވާގޮތަށް ޔޫތް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

"މަރުހަބާވިސް" ނަމުގައި އާ އަހަރު ފާހަގަކުރަން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް މުއިޒިކް ޝޯގައި ބޮލީވުޑްގެ އެތައް މަޝްހޫރު ލަވައެއް ކިޔައިފައިވާ އަންކިތް ބައިވެރިވާނެ ކަން އޭނާ ވަނީ ވީޑިއޯ މެސެޖަކުން ކަށަވަރުކޮށްދީފަ އެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފު މި ހަބަރު އިއުލާންކުރި ކުރި ޓްވީޓުގެއްގައި ބުނީ، މި މިއުޒިކް ޝޯ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ 20:30 ގައި ހުޅުމާލެ ދުވާ ޓްރެކް ސަރަހައްދުގައި ކަމަށެވެ.

މި ޝޯގައި އަންކިތްގެ އިތުރުން ދިވެހި އާޓިސްޓުންގެ ހުށަހެޅުންތައްވެސް ފެނިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ހާމަކުރި އެވެ.

މި އިވެންޓަކީ  ޔޫތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އުރީދޫ، ދިރާގު، މޯލްޑިވިއަން، ފެނަކަ ކޯޕަރޭޝަން، އެމްޓީސީސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ އަދި އެސްޓީއޯ ބައިވެރިކޮށްގެން ހިންގާ ހަރަކާތެކެވެ.

އާ އަހަރުގެ "މަރުހަބާވީސް" މިއުޒިކް ޝޯއަށް އަންކިތު އަންނަކަން ކަށަވަރުކޮށްދީ އޭނާގެ ވީޑިއޯ މެސެޖުގައި ބުނީ، މިއީ އޭނާ ލައިވް ކޮންސެޓެއް ދިނުމަށް ރާއްޖެ އަންނަ ފުރަތަމަ ފަހަރު ކަމަށެވެ.

އަންކިތުގެ މަޤުބޫލު ހިންދީ ލަވަތަކުގެ ތެރޭގައި "އާޝިގީ 2" ގައި ހިމެނޭ "ސުން ރަހާ ހޭ ނާ ތޫ" އާއި "އޭކް ވިލެންގައި" ހިމެނޭ "ތޭރީ ގަލިޔާން" ފާހަގަކޮށްލެވެ އެވެ. އޭނާ ވަނީ ބޮލީވުޑްގެ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އެވޯޑު އެތައް ފަހަރެއްގެ މަތިން ހޯދައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ