ޒުވާނުން ތަމްރީންކުރުމަށް 16 ރަށެއްގައި ހިންގާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

އިޤްތިޞާދަށް ބޭނުންވާ ތަފާތު ދާއިރާތަކުން ޒުވާނުން ތަމްރީންކޮށް ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް، މާލެ ހިމެނޭހެން 16 ރަށެއްގައި ހިންގާ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ވޯލްޑް ބޭންކްގެ އެހީގައި "މީރީ" ޕްރޮޖެކްޓްގެ ފަރާތުން ހިންގާ "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ ދަށުން ހިންގާ މި ކޯސްތަކަކީ 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގާ، އެއްވެސް ފީއެއް ނުނަގާ ކޯސްތަކެކެވެ.

ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސެޓިފައިޑް ޕްރެކްޓިކަލް އަދި ތިއަރީ ހިމެނޭ މި ކޯސްތަކަކީ ނެޝަނަލް ސެޓްފިކެޓް ލެވެލް 3ގެ ކޯސްތަކެވެ. މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 17 ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯސްތަކުގެ ތެރޭގައި ޖުވެލަރީ ޑިޒައިން، ގާޑެނިންގ، ހައުސް ކީޕިންގ، އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސަރވިސަސް، ފްރަންޓް އޮފިސް ސަރވިސަސް، ބަރިސްޓާ، ވޭސްޓް-ޓު-ވެލްތު، އިންވެންޓްރީ މެނޭޖްމަންޓް، ޓުއަރ ގައިޑިންގ، ކޭޝިއަރިންގ، ކޮމްޕެނީ އެޑްމިނިސްޓްރޭޝަން، އިވެންޓް މެނޭޖްމަންޓް، އާޓް ސްކިލްސް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ، ޕްރޮގްރާމިންގ، ސްކޫލް ލެބޯރެޓަރީ ޓެކްނީކްސް އަދި ގެސްޓް ހައުސް އޮޕަރޭޝަންސް ހިމެނެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދިނުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. ކޯސްތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނެޝަނަލް ކެރިއަރ ސަރވިސްގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ