ރާއްޖޭގައި ބައިނަލްއަގްވާމީ ޓީޓީ މުބާރާތެއް ބޭއްވުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ޔޫތު މިނިސްޓްރީން ވިދާޅުވީ، ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް، މިއަދު ވަނީ ޓީޓީ އެސޯސިއޭޝަން (ޓީޓީއޭއެމް) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިކަމަށެވެ. އަދި މި ބައްދަލުވުމުގައި ރާއްޖޭގައި ބައިނަލްއަގްވާނީ ޓީޓީ ޓޯނަމެންޓް ބޭއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިއަރު ރާއްޖޭގައި ބައިނަލްއަގްވާމީ ޓީޓީ މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހް ވަނީ މިދިޔަ އަހރު ވިދާޅުވެފައެވެ.
Minister @AhmedMahloof met with @TT_Maldives this morning and discussed on the plans to host an International TT Tournament in the Maldives. pic.twitter.com/MtwZ35iDO4
— Ministry of Youth,Sports and Community Empowerment (@MoYSCEmv) January 26, 2021
މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޓީޓީ ޓީމުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ.



