ހދ.ކުޅުދުއްފުށިން އިތުރު 10 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެބޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ.
މިއަދު ކުޅުދުއްފުށިން ޕޮޒިޓިވް ވެފައިވާ 10 މީހުންގެ ތެރޭގައި ހިމެނެނީ ސީކުއީން ބޯޓުން ޕޮޒިޓިވްވި ފަޅުވެރިއަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 6 މީހުންގެ އިތުރުން ބަހާދަރު ބޯޓުން ނެގި ސާމްޕަލްތަކުގެ ތެރެއިން 4 މީހެކެވެ.
މާލެ ދަތުރުކުރާ ހުރިހާ ބޯޓުފަހަރެއް ރަށަށް ލެފުމާއެކު، ބޯޓުގެ ހުރިހާ ފަޅުވެރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ޓާސްކް ފޯސްއިން ބޭއްވި މީޓިންގައި ވަނީ ނިންމާފައެވެ.
އެގޮތުން އިއްޔެ ލެފި ފާޅުބޯޓުގެ ހުރިހާ ފަޅުވެރިން ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާއިރު އެ އެންމެން ތިބީ ބޯޓުގައި ކަރަންޓީނުގައެވެ. މި ސަާމްޕަލްތަކުގެ ތެރެއިން 4 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
މި މަހުގެ 10 ވަނަ ދުވަހު ސީކުއީން ބޯޓުގެ ފަޅުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ޖެހިގެން އައި ދުވަހުވެސް ވަނީ އިތުރު 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެދައެވެ. މިއާއެކު ސީކުއީން ކްލަސްޓަރ އާއި ގުޅިގެން ޖުމްލަ 9 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
ކުޅުދުއްފުށީގައި ކޮވިޑް-19 ޖެހޭމީހުން އިތުވަމުންދާއިރު، ކުޅުދުއްފުށީގައި މިވަގުތު 28 ގެއެއް ވަނީ މޮނިޓަރިންއަށް ލައިފައެވެ.