ޔޫއްޕެގެ ސަބަބުން ވަރަށް ގިނަ ފުރުސަތުތައް ގެއްލުނު: ރިޝްމީ

ރާއްޖޭގެ މަޝްހޫރު ފިލްމް ޑައިރެކްޓަރ/އެކްޓަރ ޔޫސުފް ޝަފީއުގެ ސަބަބުން ވަރަށް ގިނަ ފިލްމީ މަސައްކަތްތައް ގެއްލުނު ކަމަށް ކުޅަދާނަ ބަތަލާ އެކްޓްރެސް އައިޝަތު ރިޝްމީ ބުނެފިއެވެ.

ރިޝްމީ މިހެން ބުނެފައިވަނީ، ބައިސްކޯފުން ގެނެސްދޭ "ތުންތުން މަތިން" ގެ ފަހުގެ އެޕިސޯޑުގައި ވާހަކަދައްކަމުންނެވެ. މި އެޕިސޯޑުގެ ރިޝްމީ އާއެކު މަޝްހޫރު ބަތަލާ ނުޒޫ ވެސް ވަނީ ބައިވެރިވެފައެވެ.

މި ޝޯގައި ރިޝްމީއާ އަމާޒުކުރި ސުވާލުތަކުގެ ތެރެއިން ފިލްމީ ދާއިރާގައި އެއްކޮށް މަސައްކަތް ކުރަން ބޭނުންނުވާ މީހަކީ ކޮބައިތޯ އެހި ސުވާލަށް ޖަވާބު ދެމުން ރިޝްމީ ބުނީ، އެއީ ޔޫއްޕެ ކަމަށެވެ. ޝޯގެ ތެރެއިން ރިޝްމީ ވަނީ ޔޫއްޕެ އާއެކު މަސައްކަތް ކުރަން ބޭނުންނުވާ ސަބަބުވެސް ކިޔައިދީފައެވެ.

ރިޝްމީ ބުނީ، އޭނައާމެދު ޔޫއްޕެ ކަންތައްކޮށްފައި ހުރީ ވަރަށް އަންޕްރޮފެޝަނަލް ކޮށްކަމަށެވެ.

ފިލްމީ ދާއިރާއަށް ނުކުތްފަހުން، ރިޝްމީގެ އެންމެ ފުރަތަމަ ބޮޑު އިސްކްރީން ފިލްމްގައި އޭނާ މަސައްކަތް ކޮށްފައިވަނީ ޔޫއްޕެއާއެކުއެވެ. އެއީ ޔާރާ ޕްރޮޑަކްޝަނުން އުފެއްދި ބިރުވެރި ފިލްމް "ހުކުރު ވިލޭރޭ"ގެ މަސައްކަތެވެ. މި ފިލްމްގައި ބަތަލާގެ ރޯލުން ރިޝްމީ ފެނުނުއިރު، ބަތަލަކީ ޔޫއްޕެއެވެ.

ރިޝްމީ ބުނީ، އެ ފިލްމްގެ މަސައްކަތަށް ފަހު، ޔޫއްޕެގެ އަންޕްރޮފެޝަނަލް ކަމުން ދިމާވި މައްސަލައަކާއި ގުޅިގެން ޔޫއްޕެ އެކަމުގެ އިލްޒާމް އެޅުވީ ރިޝްމީގެ ބޮލުގައި ކަމަށެވެ. ދެން އެއަށްފަހު، ޔޫއްޕެ އާއި ރިޝްމީ އެކުގައި ކުޅެން ހުށައަޅާ ލަވަތަކުގައި، ރިޝްމީ އާއެކު ލަވަކުޅެން ޔޫއްޕެ ބޭނުންނުވާ ވާހަކަ ބުނާކަމުގެ އަޑުތައް އިވިފައި ހުރިކަމަށް ރިޝްމީ ބުނެފައިވެއެވެ.

އޭރު ރިޝްމީ ފިލްމީ ދާއިރާއަށް އާވުމާއެކު، އެކަމުގެ ސަބަބުން ޕްރޮޑިއުސަރުންވެސް އާ މީހަކު ނެގުމުގެ ބަދަލުގައި ބޮޑަށް ދަނީ މަޝްހޫރު މީހާއާއި ދިމާލަށް ކަމަށް ރިޝްމީ ބުނެފައިވެއެވެ.

"އެހެންވެ ބައިވަރު ޕްރޮޖެކްޓް ވެސް ޔޫއްޕެގެ ސަބަބުން ގެއްލުނު" ރިޝްމީ ބުންޏެވެ.

ރިޝްމީ ބުނީ، ފިލްމީ ދާއިރާއަށް އަލަށް ނުކުތް ކުއްޖަކާ ބަލާއިރު، އޭނާއަށް ޔޫއްޕެ ކަންތައް ކުރީ ވަރަށް އަންޕްރޮފެޝަނަލް ކޮށް ކަމުން، ކުރިއަށް އޮތްތާގައި ޔޫއްޕެއާއެކު މަސައްކަތް ކުރަން ބޭނުން ނުވަނީކަމަށެވެ.

ޔޫއްޕެގެ އިތުރުން، ސީޒަން އާއެކުވެސް މަސައްކަތް ކުރަން ބޭނުންނުވާ ކަމަށް ރިޝްމީ ވަނީ ހާމަކޮށްފައެވެ. ރިޝްމީ ބުނީ ސީޒަން އާއެކު މަސައްކަތް ކުރަން ބޭނުންނުވަނީ، ރިޝްމީގެ މަސައްކަތެއްގައި ސީޒަން ހިމަނައިގެން އޭނާއަށް ޑީލް ކުރަން ފަސޭހަވާނެހެން ރިޝްމީއަށް ހީނުވާތީ ކަމަށެވެ.

މިލިޔުން ކިޔާލުމުން
14152
ގުޅުންހުރި ލިޔުންތައް

2 Responses

  1. ނިއުމާ

    ރިޝްމީ ތީ އެހާ މޮޅުމީހެއްވެސް ނޫން…ޔާރާ ޕްރޮޑަކްޝަނޭ ކިޔާ އޮ**މުންތިބި ބަޔަކު ނެރެ މުޅި އިންޑަސްޓްރީ ހަލާކުކުރީ..

    9
    2
    • ހެއްހެއް

      ބަލަ މީހުންގެ ހުނަރަށް ފާޑުނުކިޔަބަލަ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ