ގެއެއްގެތެރޭ ގަދަކަމުން އަންހެނަކު ގެންގުޅޭ މަޢުލޫމާތާއި ގުޅިގެން އެކަންދަނީ ބަލަމުން: ފުލުހުން

ގެއެއްގެތެރޭ ގަދަކަމުން އަންހެނަކު ގެންގުޅޭ މަޢުލޫމާތާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ މަރަދޫގައި އަންހެނަކު ބޭރަށް ނުދެވޭގޮތަށް ގަދަކަމުން ގެއެއްގައި ގެންގުޅޭ ކަމަށްބުނެ ސޯޝިއަލް މީޑިއާގައި ދައުރުވަމުންދާ މަޢުލޫމާތުތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ޖެންޑާރ މިނިސްޓްރީއާއު ގުޅިގެން ބަލަމުންދާކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ކުއްޖާގެ ނަމަކީ މިޝްފާ މުހައްމަދެވެ. އުމުރަކީ 26 އަހަރެވެ. މި ޒުވާނާވަނީ އޭނާ އުޅެން ޖެހިފައިވާ ހާލު ފޭސްބުކްގައި ވަރަށް ތަފްސީލްކޮށް ހިއްސާކޮށް، އޭނާ ސަލާމަތް ކޮށްދިނުމަށް އެދި އާންމުންގެ އެހީތެރިކަމަށް އެދި ގިނަ ޕޯސްޓުތަކެއް ކޮށްފައެވެ.

މިގޮތުން މިޝްފާ ބުނެފައިވަނީ، 2016ވަނަ އަހަރު އޭނާ ފިލައިގެން ސީރިއާއަށް ދާން އުޅޭ ކަމަށް ބުނެ އާއިލާއިން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް އޭނާ މާލެ ގޮސްފައިވަނީ ކައިވެންޏެއް ކުރުމަށްޓަކައި ކަމަށެވެ. އަދި ޕާސްޕޯޓްފަދަ ރާއްޖެއިން ބޭރަށް ދަތުރު ކުރުމަށް ބޭނުންވާނެ ލިޔެކިޔުން ގެންގޮސްފައިވެސް ނުވާނެ ކަމަށެވެ.

ނަމަވެސް މިޝްފާގެ ބައްޕައަކީ ނުފޫޒުގަދަ މީހަކަށް ވާތީ އޭނާ ވަނީ ފެމިލީ ކޯޓުން ލިޔުމެއް ތައްޔާރުކޮށް މިޝްފާ ހުންނަން ޖެހޭނީ އެމީހުންގެ ގާތުގައި ކަމަށް ނިންމައިފައިކަމަށްވެސް މިޝްފާ ބުނެފައި ވެއެވެ.

އެއަށްފަހު މާލެއިން އައްޑޫ ސިޓީ މަރަދޫއަށް ގެންގޮސް އޭނާގެ އަމިއްލަ ގޭގައި އޭނާ ހައްޔަރުކޮށްފައިވާކަމަށް ފޭސްބުކްގައި ބުނެފައި ވެއެވެ. އަދި ހަމައެކަނި ބޭރަށް ދެވެނީ ހަމައެކަނި މައިންބަފައިންނާ އެއްކޮށް ކަމަށާއި ފޯނުފަދަ އެއްވެސް އެއްޗެއް ދީފައި ނޯންނަކަމަށްވެސް މިޝްފާ ފޭސްބުކްގައި ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ