ފޮޓޯ: ޕޮލިސް ލައިފް

ކުޑަ ކުއްޖާގެ މަރުގެ މައްސަލާގައި ޙައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުޑަކުއްޖާ މަރާލި މައްސަލާގައި ޙައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

އެގޮތުން މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އުމުރުން 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާއިރު 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުންވަނީ އަމުރު ކޮށްފައެވެ.

13 އަހަރުގެ ކުއްޖާ ރަހީނުކުރިކަމަށް ބެލެވޭ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި އޭނާ މަރާލުމަށްފަހު ފޮށްޓަކަށްލާ އެއްލާލާފައި އޮއްވާ ފެނުނީ ރޭ މެންދަމު 2:30 އެހާކަންހާއިރު ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަޅުތެރޭންނެވެ.

އަދި އޭނާއަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގައި ފެންނަށް ހުރިއިރު، ކަރުގައި ވެސް އެއްޗެއް ބާރަށް ބައްދާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށް މަޢުލޫމާތު ލިބެއެވެ. އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް މިއަދު ގެންދަން ވަނީ ނިންމާފައެވެ.

މި މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ ދެމީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ  17 އަހަރާއު 27 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

އެމީހުން ހައްޔަރު ކޮށްފައިވަނީ މާލޭ ގެސްޓްހައުސް އަކުންނެވެ. ފުލުހުން ވިދާޅުވީ، އެމީހުން ހައްޔަރު ކުރި ގެސްޓް ހައުސްގެ ކޮޓަރި ތެރެއިން ލޭ ފެނިފައިވާ ކަމަށެވެ.

މިމައްސަލައިގައި ހައްޔަރު ކުރި އެކަކީ މީހާއަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންއެވެ. އަދި އޭނާއަކީ އެކި ކުށްތަކުގެ ރެކޯޑު އޮންނަ މީހެއްކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ