އައްޒަ ކާމިޔާބުކުރަން މާކުރިންސުރެވެސް މުއާ ހުރީ އަޒުމް ކަނޑައަޅައިގެން!

މިވަގުތު ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ އަބްދުﷲ މުއާޒް އާއި މަރިޔަމް އައްޒަ މިދިޔަ އަހަރުގެ ރީތި ތާރީޙް 20-02-20 ގައި  ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފެށިފަހުން މިހާރު މި ވަނީ އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައެވެ. ކައިވެނީގެ ފަހުން މި ދެބައިވެރިންގެ ހަޔާތުގައި އަންނަ މުހިއްމު ވަގުތުތަކާއި ކައިވެނީގެ އެނިވާސަރީތައް ވަރަށް ކުލަގަދަކޮށް ފާހަގަކޮށް މީސްމީޑިއާގައި ހިއްސާކުރަމުން އައިއިރު، މިއީ ފިލްމް އިންޑަސްޓްރީގައި ހުރި އެންމެ ލޯބި ޖޯޑެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 2 އަހަރު ފަހުން މި ދެތަރިން ކައިވެނިކޮށްފައިވާއިރު، ލޯބީގެ ގުޅުން ފެށުމުގެ ކުރިން ދެމީހުން އެކަކު އަނެކަކާމެދު ދެކުނު އިންޓަވިއުތަކުގައި މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ދާދިފަހަކުން ބައިސްކޯފުން ގެނެސްދިން "ޑްރާފްޓްސް"ގެ އެންމެ ފަހުގެ އެޕިސޯޑުގައި މުއާ ހާމަކުރި ގޮތުގައި، އައްޒަ ކާމިޔާބުކުރުމަކީ ނުވަތަ ހަޔާތުގެ ބައިވެރިއަކަށް ހެދުމަކީ އޭނާ މާކުރިންވެސް އަޒަމް ކަނޑައަޅައިގެން ހުރި ކަމެެކެވެ.

ޑްރާފްޓްސް ގެ މި އެޕިސޯޑުގައި މުއާ އާއެކު ބައިވެރިވެފައި ވަނީ މުއާގެ ގާތް ރަހްމަތްތެރިޔާ އަދި ޅިޔަނު ރަވީ ފާރޫޤްއެވެ. ރަވީ ކައިވެނިކޮށްގެން އުޅެނީ އައްޒަގެ ދައްތަ އަދި ކުޅަދާނެ ބަތަލާ ރިޝްމީ އާއެވެ.

މި އެޕިސޯޑުގައި މި ދެމީހުންނަށް އަމާޒުވި ސުވާލަކަށް މުއާ ޖަވާބު ދެމުން ބުނީ، އައްޒަ ދެކެ ވަރަށް ލޯބިވާ ކަމަށާއި، ކުރިންސުރެވެސް އައްޒަ ކާމިޔާބުކުރުމަކީ އޭނާ "ޓާގެޓް" ޖަހައިގެން ހުރި ކަމެއް ކަމަށެވެ. އެގޮތުން އައްޒަގެ އާއިލީ ޕްރޮޑަކްޝަން ކުންފުނި ޔާރާ ޕްރޮޑަކްޝަނުން މީގެ އެތައް އަހަރެއް ކުރިން ގެނެސްދިން މަޝްހޫރު ލަވަ، "ޔާރާ ޔާރާ" ލަވައިގެ މަންޒަރުތައް ނަގަން އުޅުނު ދުވަސްވަރުން ފެށިގެންމުއާ އައްޒަ ހޯދުމުގެ އަޒުމް ކަނޑައެޅިކަމަށް ރަވީ ވެސް ވަނީ ވާހަކައިގެ ތެރެއިން ބުނެފައެވެ. 

"އައްޒަ ހޯދުމަކީ ވަރަށް ކުރީންސުރެވެސް އަޒުމް ކަނޑައަޅައިގެން ހުރި ކަމެއް. އޭގެ އަދި މާފަހުން ރަވީ އެ ދިމާލަށް ތި ދިޔައީ" މުއާ ބުންޏެވެ.

އައްޒަ އާއި މުއާހެ ލޯބީގެ ގުޅުން ފެށުމުގެ ކުރިންވެސް ފިލްމް އިންޑަސްްޓްރީ ގައި އައްޒަ އާއި މުއާ އާއި އަޅުވާ ކިޔައިފައިވެއެވެ. ބައިސްކޯފުން މީގެ ކުރިން ގެނެސްދިން ޕްރޮގްރާމެއްގައި އައްޒަ ބުނީ، އައްޒަ ބުނީ، ފިލްމީ ދާއިރާ އަށް ދެމީހުންވެސް ނުކުތުމުގެ ކުރިން އައްޒަގެ ސްކޫލް ދައުރުގައި މުއާ އާއި ދިމާވެއްޖެކަމަށެވެ. އަމީނިއްޔާ ގައި ކިޔަވަން އުޅުނުއިރު، މުއާ އުޅުނީ، ސްކޫލްގެ ކުރިމައްޗަށް ހުންނަ "ސްކޫޕް" ގޯޅިގައި ކަމަށް އައްޒަ ބުންޏެވެ. އެހެންވެ އަބަދުވެސް މުއާއި އައްޒަ އާއި ދެމީހުން ފެނިދެނިވެ އުޅުނުއިރު ރައްޓެހިކަން އޮތްކަމަށް އައްޒަ ބުންޏެވެ. އަދި، އޭރު އަމީނިއްޔާ ކުދިންގެ މެދުގައި، މުއާ މަޝްހޫރުވެފައި އޮތީ ވަރަށް "ބިޓިން" މީހެއްގެ ގޮތުގައި ކަމަށް އައްޒަ ބުންޏެވެ.

އޭގެ ފަހުން ދެމީހުންވެސް ފިލްމް އިންޑަސްޓްރީއާއި ގުޅުމަށްފަހު، މުއާއަށް އައްޒަ ކަމުދާ ވާހަކަ އިންޓަވިއުތަކަށް އަރާ ދައްކަން ފެށުމުން، މީހުން އައްޒަ އާއި މުއާ އަޅުވާ ކިޔާ، ކޮންމެވެސް ދުވަހަކުން ދެމީހުން ރައްޓެހިވެ ނުވަތަ އިންނާނެކަމަށް ބުނަމުންދިޔަ ކަމަށް އައްޒަ ބުންޏެވެ. އަދި މީހުން އެހެން ކިޔަން ފެށުމުން، މީހުން ހުސްވިޔަސް ނުވަތަ ދުވަހަކު އިންނާނެ މީހަކު ނުލިބުނަސް މުއާ އާއި ނީންނާނެކަމަށް ބުނިކަމަށް އައްޒަ ބުންޏެވެ.

އެހެންނަމަވެސް، ކަންތައްތަކެއް ބަދަލުވެ އަދި މުއާވެސް އައްޒައަށް ޓަކައި ބަދަލު މިހާރު ދެމީހުންވެސް އުޅެމުން ދަނީ ވަރަށް އުފާވެރި ދިރިއުޅުމެއްކަމަށް އައްޒަ ފާހަގަކުރިއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ