ދިވެހި ފިލްމީ އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ބަތަލާ މަރިޔަމް އައްޒައަށް މީޑިއާތަކުންނާއި އޭނަގެ ފޭނުން 24 ގަޑިއިރު ސަމާލުކަން ދެއެވެ. ހާއްސަކޮށް އައްޒަ އާއި މުއާ ގެ ޖޯޑަކީ މުޅި ފިލްމީ ދާއިރާގައިވެސް އެންމެ މަޤްބޫލު އެއް ޖޯޑެވެ. އައްޒަ އާއި މުއާގެ ކައިވެންޏާއެކު މި ދެބައިވެރިންނަށް ލިބެމުން އައި ސަމާލުކަން އިތުރުވިއެވެ.
އައްޒައަކީ މީސްމީޑިއާގެ "ކުއީން"އެވެ. މީސްމީޑިއާގައި އެންމެ އެކްޓިވްކޮށް އުޅޭ އަންހެން ފަންނާނަކީ އައްޒައޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެގޮތުން އައްޒަ އާއި މުއާގެ އެކަކު އަނެކަކު ދެކެ ވާ ލޯބި މީސްމީޑިއާގެ ޕޯސްޓްތަކުން އަބަދުވެސް ހާމަކުރެއެވެ. ދެމީހުންގެ ހާއްސަ މުނާސަބަތުތަކާއި، ހާއްސަ ދުވަސްތައް އަބަދުވެސް މީސްމީޑިއާގައި މި ދެބައިވެރިން ހިއްސާކުރެއެވެ. އެގޮތުންމި ފަހަކުން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ މި ޗުއްޓީގައި އައްޒަ މުއާގެ އުފަން ރަށް ނ. ވެލިދޫއަށް ކުރި ދަތުރަށެވެ.
ބެލެވޭ ގޮތުގައި އައްޒަ އަދިވެސް ހުރީ މުއާގެ އުފަން ރަށް ވެލިދޫގައެވެ. އެގޮތުން އައްޒަ އިއްޔެ އިންސްޓަގްރަމްގެ ސްޓޯރީގައި ހިއްސާކުރި "ބޫމަރިން" އެއްގައި މުއާގެ މަންމަ ފެނިގެންދެއެވެ. އަދި އިންސްޓަގްރާމް ސްޓޯރީގައި އެ ޕޯސްޓް ހިއްސާކޮށްފައިވަނީ 'މައިޓު' މިފަދައިން ލިޔެފައެވެ.

މުއާގެ އިންސްޓަގްރަމް ސްޓޯރިއަށް ބަލާލުމުންވެސް އައްޒަ އާއެކު މުއާ ހުރީ ވެލިދޫގައިކަން ހާމަވެއެވެ. އެގޮތުން އައްޒަ، އީތަން އަދި ރޫބީ ވެލިދޫގެ އާޓިފިޝަލް ބީޗުގައި ނަގައިފައިވާ ފޮޓޯއެއް މުއާ މިއަދު ވަނީ ހާމަކޮށްފައެވެ. އަދި ފޮޓޯގެ ކެޕްޝަންގައި "ފެނުމުން ނިކަން އުފާވެޔޭ، މިހިތަށް އެހާ އަރާމުވިޔޭ" މިހެން ލިޔެފައިވެއެވެ. އަދި ރައްދުގައި، "އިންތިހާ އުފާވެރިކަން" މިހެން ލިޔެ އައްޒަ ވަނީ އެ ޕޯސްޓަށް ކޮމެންޓް ކޮށްފައެވެ.

މިގޮތަށް ލިޔެ އައްޒަގެ ފޮޓޯއެއް ހިއްސާކުރުމުން ބެލެވޭ ގޮތުގައި އައްޒައަށް ވުރެ ކުރިން މުއާ ވަނީ ވެލިދޫއަށް ގޮސްފައެވެ.
އައްޒަ އާއި މުއާގެ ޖޯޑަކީ އެންމެ މަޤްބޫލު އެއް ޖޯޑެވެ. މި ބައިވެރިންގެ ކައިވެންޏަށް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، ދެ މީހުންވެސް އެކަކު އަނެކަކަށް އިންތިހާއަށް ލޯބިވާކަން މީސްމީޑީއާ މެދުވެރިކޮށް ހާމަކޮށްދެއެވެ.





5 Responses
ހަސަން ސިޔާހު ދެކަރަ އިރިއްޖެ.
ފެށުން ނޫހުގެ ހަސަން ޒިޔާދު ބަނޑު ބޮޑު ވެއްޖެެއެވެ.
މި ނޫހުން މި ޙަބަރުގެ ކަވާ ފޮޓޯ އަހަރެމެން މުޖުތަމައު އިން އިސްލާމީ ރީތި އާދަ ފޮހެލުމަށް ހިތް ވަރު ލިބޭހެން މަށަހީވަނި.
ހިންދީ ފިލްމުތަކުގަ ފުރަތަމަ ތިހެން ބޮސްދޭ މަންޒަރު ފެންނަން ފެށީ މިހާރު ދެތުންފަތުގެ މަންޒަރު މާ ބޮޑު ކަމަކަށް ނުވޭ. އިންޑިއާ މިތާގަ މި އައީ އެމީހުންގެ ކަލްޗާރ އޭރު މިކަން ހަޑި ކަމަކަވެފައޮތީމަ. ވަޑްއަށް 100% މުސްލިމް ކަންޓްރީ
ނޮހޮރުއްޕާނެއްނު ކޮން އައްޒައެއްތަ .
ލަދުހަޔާކޮބާ ކޮބާމުސްލިމުންކަންވެސްހަދާނެއްނެއް