ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ސިޔާސީ ޕާޓީތަކުން އިޖާބަދެއްވުން އެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ މިފަދައިން ވިދާޅުވީ، މާލޭގައި ކޮވިޑް-19 ފެތުރުން އިތުރުވެގެން ދިއުމާއި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ބަލިފެތުރެމުންދާ ދަނޑިވަޅުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެއިން އަތޮޅު ތަކަށް ދަތުރުކުރުން ހުއްޓާލެވިފައިވާއިރު ރަށްރަށަށް ދެވޭ ޒަރޫރީ ސަބަބުތައް އެޗްޕީއޭ އިން އިއުލާނު ކުރުމާއި ގުޅިގެންނެވެ.
ރީކޯ މޫސަ ވިދާޅުވީ، ފިޔަވަޅުތަކަށް އިޙްތިރާމް ކުރީމުގެ ސަބަބުން ކޭސްތަށްދަށްވާކަން އެއީ ޔަޤީންވާ ކަމެއް ކަމަށާއި އެހެންކަމުން ސިޔާސީ ޕާޓީތަކުން ފިޔަވަޅުތަކަށް އިޖާބަދެއްވުން އެދޭ ކަމަށެވެ.
"އެޗްޕީއޭގެ ފިޔަވަޅުތަށް މައިމޫނާ އަނެއްކާ ވެސް ހަރުކަށި ކޮށްފި. ސިޔާސީ ވެރިން މައިމޫނާ މަޖްލީހަށް ދަމާ ގެންގޮސް ކިހާވަރެއް ކޮށްލާނެބާވައޭ ހިތަށް އަރާފަ މިހުންނަނީ. ފިޔަވަޅުތަކަށް އިޙްތިރާމް ކުރީމަ ކޭސްތަށް ދަށްވާކަން އެއީ ޔަޤީން ކަމެއް. ޕާޓީތަކުން އިޖާބަދެއްވުންއެދެން" ރީކޯ މޫސަ ވިދާޅުވިއެވެ.





ހިޔާލު
މަޖިލީހުންނެއް ނޫންތޯ އިޖާބަ ދޭންވީ. ކުރިން އަޅާފަވާ ފިޔަވަޅުތައްވެސް ދޫކޮށްލަން ޖެހުނީ އެމީހުންނާ ހެދިއެވެ. ދައްކާފަހުރި ވާހަކަތައް އެތަނުގެ ޔައުމިއްޔާއިން ފެންނަން އެހެރީއެވެ.