ކުޑަ ކުއްޖަކަށް މަގުމަތިން އަނިޔާ ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މަގުމަތިން ދިޔަ ކުޑަ ފިރިހެން ކުއްޖެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއް މިއަދު މެންދުރުފަހު 14:51 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
ކ. ކާށިދޫގައި ހިންގި މިމާރާމާރީގައި އަނިޔާ ލިބުނު ކުއްޖާއަށް އެރަށު ސިއްޙީ މަރުކަޒުން ފަރުވާދީފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވާއިރު، އެކުއްޖާއަށް ސީރިއަސް އަނިޔާއެއްވެފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ނުދެއްވައެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




