ބަސް ހުއްޓިއަކުން އިނގިރޭސިވިލާތުގެ ދިފާއީ ސިއްރު ލިޔުންތަކެއް ފެނިއްޖެ

އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާގެ ސިއްރު ލިޔެކިޔުންތަކެއް ބަސްހުއްޓިއެއް ކައިރިން ފެނިއްޖެއެވެ.

މި ލިޔެކިޔުންތައް ފެނިފައިވަނީ އަންގާރަދުވަހު ހެނދުނުގެ ވަގުތުގައި އިންގިރޭސިވިލާތުގެ ކެންޓް ކައުންޓީގައި ހުންނަ ބަސް ހުއްޓިއެއްގެ ކައިރިން އާމުންގެ މީހަކަށެވެ.

ފެނުނު ލިޔެކިޔުންތަކުގައި މުޅި ޖުމްލަ 50 ސޮފްހާ ހުރިއިރު މި ލިޔެކިޔުންތަކުގައި ވާހަކަ ދެކެވިފައިވާ ސިއްރު ކަންކަމުގެ ތެރޭގައި، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމުން އިނގިރޭސިން ދެން ކަންތައްކުރާނެ ގޮތާއި، ކުރިމިއާ ކައިރިން އިނގިރޭސި ބޯޓުތައް ދަތުރުކުރުމުން ރަޝިއާއިން ކަންކުރާނެ ގޮތްކަމަށް ބެލެވޭނެ ގޮތާއި، އަދި އެޗްއެމްއެސް ޑިފެންޑާރގެ މައުލޫމާތުތަކެވެ.

އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިން ބުނީ، އާމުންގެ މީހަކަށް އާންމު ތާކުން ދިފާއީ ސިއްރު ލިޔެކިޔުންތަކެއް ފެނުނު މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މައުލޫމާތު ލިބޭގޮތުގައި މި ލިޔެކިޔުންތައް ގެއްލުނު ކަމުގެ ރިޕޯޓް މީގެކުރިންވަނީ ދިފާއީ ވުޒާރާގެ މުވައްޒަފުން ކޮށްފައެވެ.

އިނގިރޭސިވިލާތުގެ ދިފާއީ މި ސިއްރު ލިޔެކިޔުންތަކުގެ ތެރޭގައި އީމެއިލްސް، އަދި ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަންސް ވެސް ހިމެނޭ ކަމަށް ބީބީސީއިން ރިޕޯޓް ކުރެއެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ