ލަންޑަނުގައި ފެންބޮޑުވެ ބަޔެއް ހޮސްޕިޓަލުތަކުން ހިދުމަތްދިނުން މެދުކެނޑިފައި

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލަންޑަނުގެ ބަޔެއް ހޮސްޕިޓަލުތަކުން ހިދުމަތްދިނުން މެދުކަނޑާލައިފިއެވެ.

ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލަންޑަނުގެ އިރުމަތީގެ ދެ ހޮސްޕިޓަލަކުންވަނީ ބަލިމީހުން އެ ހޮސްޕިޓަލްތަކަށް ބަލައިގަނެވެން ނެއްކަން ހާމަކޮށްފައެވެ.

ލަންޑަނުގެ އިރުމަތީގެ ހޮސްޕިޓަލެއްކަމަށްވާ ވިޕްސް ކުރޮސް ހޮސްޕިޓަލުން ބުނެފައިވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ހޮސްޕިޓަލަށްވަނީ ހިދުމަތް ދިނުމުގައި ދަތިތަކާއި ކުރިމަތިވެފައެވެ. މިހެންކަމުން އެހެން ހޮސްޕިޓަލުތަކުން ހިދުމަތް ހޯދުމަށް އެދިފައި ވެއެވެ.

ލަންޑަނުގެ އިރުމަތީގެ އެހެން ހޮސްޕިޓަލެއް ކަމަށްވާ ނިއުހަމް ހޮސްޕިޓަލުންވެސްވަނީ އެ ހޮސްޕިޓަލުގެ އެމަރޖެންސީ ޑިޕާޓްމެންޓުގައި ފެންބޮޑުވުމުގެ ސަބަބުން ހިދުމަތް ދިނުން ދަތިވެފައިވާކަން ހާމަކޮށް އެހެން ހޮސްޕިޓާތަކުން ހިދުމަތް ހޯދުމަށް އެދިފައެވެ.

ލަންޑަން ފަޔާ ބުރިގޭޑުން ބުނެފައިވަނީ، ފެންބޮޑުވުމުގެ ހާދިސާތަކާއި ގުޅިގެން 1،000 ވުރެ ގިނަ ފޯނު ކޯލު އައިސްފައިވާ ކަމަށެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ލަނޑަނުގެ ގިނަ މަގުތަކެއްވެސްވަނީ ބަންދުކުރަން ޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޖަޑިބު

    Migaumun gos huri soru anehkaa kihineh baa . E soru gos huri hospital in faruvaa rangalhah ލިބޭބާ . އެސޮރު ދާ ހުރި ހާ ދިމާލަކުން ފެން ބޮޑުވާ ގޮތެއް ބަލަން މި ޤައުމުން ވަފުދެއް ފޮނުވަން ރަގަޅު . ޜިހޭފައި މައްޗައް ފޮއި ވެއްޓިގެން އެސޮރު އެހުރީ ނާދެވިފަ .ކިހާދެރަ .ފަހުން ރަގަޅު ވާނެ. ފޮޔައް ފައިން ވެސް އެރޭނީ ކޮޅަށް ވެސް ހުރެވޭނަމަތާ.ފެން ހިނދުނީމާ އަވަހަށް އެނބުރި އައުން އެދެން.ޖުލައި 26 ފާހަގަ ކުރަން.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ