ހަނގުރާމައަށްދާ ދިވެހިން ރިހެބިލިޓޭޓް ކުރަން މަސައްކަތް ކުރަނީ

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހިން ރާއްޖެ ގެނެސް ރިހިބިލިޓޭޓް ކުރުމަށްފަހު މުޖްތަމައަށް އަލުން ނެރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރަމުން އަންނަ ކަމަަށް ޕޮލިސް ކޮމިޝްނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިހެން ވިދާޅުވީ، އޭޝިއާ ކައުންޓާ ޓެރަރިޒަމް ކައުންޓާ ފޯރަމް ނިންމާލުމަށްފަހު މީޑިއާއާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ހަމީދު ވިދާޅުވީ، ދިވެހިން ހަނގުރާމަތަކުގައި ބައިވެރިވާން ދިޔުމަކީ ކަންބޮނޑުވުން އޮތް ކަމެއް ކަމެއް ކަމަށާއި، އެފަދަ މީހުން ރާއްޖެ ގެނެސް އެމީހުނާއި މެދު އަމަލުކުރާނެ ގޮތަށް ހޯދަން ކަމާބެހޭ އެހެން މުއައްސަސާތަކާއެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) ގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ސީރިއާ ފަދަ ގައުމުތަކަށް ދިއުމަށްފަހު ދިވެހިންނަށް ލިބިފައިވާ ކުދިންނަކީ ސަރުކާރަށް ކުރިމަތިވާ ގޮންޖެހުމެއް ކަމަށާއި، ހަނގުރާމައިގެ ތެރެއަށް ވިހައި، މައުސޫމް ކުދިންތަކެއްގެ ރައްޔިތުކަން ކަށަވަރު ކުރުމަކީ ވެސް އުނދަގޫ ކަމެއް ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ހަނގުރާމަވެރިން ރާއްޖެ އަނބުރާ ގެނައުމަށް ދެކޮޅު ހައްދަވާފައެވެ. ނަޝީދު ވިދާޅުވެފަވަނީ، ސިރިޔާގައި ތިބި ރެފިއުޖީ ދިވެހިން އަނބުރާ ގެނައުމަކީ ވާނެ ކަމެއް ނޫން ކަމަށާއި، އެމީހުން އަނބުރާ މުޖުތަމައުއަށް ގެނައުމުން ނޭދެވޭ އަސަރެއް ނުކުރާނެ މިންވަރަަށް ރީހެބިލިޓޭޓް ކުރެވޭނެ ގާބިލް ކަމެއް ނެތްކަމަށެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން

ހިޔާލު

  1. ސަޓޯ

    ތިބޭފުޅުންގެ ވާހަކަތައްވެސް ރަނގަޅު ! އެކަމަކު އެކުދިންތަކާއި އެކުދިންގެ މައިންތައް ސަލާމަތް ވެސް ނުކޮށްތިބެ ! ގެއްލުމެއް ވެދާނެކަމަށް ހުންއައިސްދާނެ ކަމަށް ރަޖާލާ އުސޫލުން މާކުރިން އެމީހުންބައިތިއްބާނެ ތަނެއްގެ ވާހަކަ އާއި ރިހިބުގެ ވާހަކަކީއްކުރަން މި ކިޔަނީ ؟ ކޮއްޓެއް ހަދާފަ ކޮށްޓަކަށްލައިގެންތަރިހިބްލިޓޭޝަން ދެނީ ؟ ބަޔަކު އަޅެ މޮޔަވެދާނެ ނު ! ދިވެހި ސަރުކާރުގެ ނެތީތަ އެކުދިން ބެލޭނެ ވަރު ؟ ދިވެހި އަސްކަރިއްޔާ ބިރުގަންނަނީ 10 އަހަރުންދަށުގެ ދެތިން ކުދިންފެނިފަތަ ؟ އެއީ ތުއްތުކުދިން އެއީ ގައުމަށް ގައްދާރުވި ޚާއިނުންނެއްނޫން މުޖުރިމުންނެއް ނޫން ، ރާއްޖޭގަ އެބަތިބި އެއަށް ވުރެ ނުރައްކާ ސިޔާސީވެރިން ބޮޑެތި މުޖުރިމުން ސަރުކާރުން ޖަލުން ދޫކުރި ، މައާފްދިން ! މިހާރުވެސްސަރުކާރު ތިވަނީއިންސާނިއްޔަތާ ޚިލާފުވެފަ ! 4 މަސްދުވަސް ވީއިރު އިންސާނީ އެއްވެސް އެހީއެއް ނުދީ ހަނަފަސް ސަހަރާއެއްގައި ފޭލިގެއެއްގައިތިބި އިރު ޔޫއެން އާއި ހިއުމަން ރައިޓްސް އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އެކުދިންތައް ގައުމުތަކަށް ގެންދިއުމަށް ގޮވާއިރު ދިވެހި ސަރުކާރުން އެއްވެސް އިޖާބައެއް ނުދީ އެހާ ގިނަދުވަސްތަކެއް ވުމުގެ މާނައަކީ ހިއުމަންރައިޓްސް އާއިޚިލާފުވުމެއް އަދިކުޑަކުދިންގެ ހައްގަކަށް އަރައިގަތުމެއް !!

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް