އެމްޑީޕީ ޕީޖީ އިންތިހާބު އަންނަ މަހު ބާއްވަނީ

ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ އަދ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕު (ޕީޖީ) ގެ އިންތިހާބު އަންނަ މަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، އެޕާޓީގެ ޕީޖީ އިންތިހާބު ބޭއްވުމަށް ހަމަ ޖެހިފައިވަނީ، އަންނަ މަހު ދެ ވަނަ ދުވަހުގެ ހަވީރު 4:00 އިން 5:00 އަށް ކަމަށެވެ.

ޕީޖީ ލީޑަރާއެކު ޖުމްލަ ހަ މަގާމަކަށް 10 މެމްބަރަކު ހޮވުމަށް ބާއްވާ މި އިންތިހާބުގައި އެޕާޓީގެ 65 މަޖިލިސް މެމްބަރުންނަށް އެ މަގާމުތަކަށް ކުރިމަތިލުމަށް މިއަދު ވަނީ ހުޅުވާލާފައެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މަޤާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 30 ވަނަ ދުވަހެވެ.

އެމްޑީޕީ ޕީޖީ އަށް އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ ޕީޖީ ލީޑަރު, ޕީޖީގެ ޑެޕިއުޓީ 2 ލީޑަރުން, އާމީން އާންމު, އަމީން އާންމުގެ ނައިބު އަދި ޗީފް ވިޕުގެ އިތުރުން 6 ވިޕުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ