ފޮޓޯ: ދަ އެޑިޝަން

މުޅި މާލެ ވައިފައި ކުރަނީ!

މުޅި މާލެ ވައިފައި ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭ ވައިފައި ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އެމަސައްކަތާއި ގުޅިގެން ދިރާގު އަދި އުރީދޫއާއި ބިނާކުރަނިވި ބައްދަލުވުންތަކެއް މިހާރު ބޭއްވިފައިވާކަމަށެވެ.

އަދި ހަފްތާއެއްގެ ތެރޭގައި އެކުންފުނިތަކުން ޕްރޮޕޯސަލް މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އުންމީދަކީ މުޅި މާލެ. މާލޭގެ މަގުތަކާއި، އާންމު މައިޒާންތަކާއި، ޕަބްލިކް ޕްލޭސެސްތައް ވައިފައި ކުރުން." މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ވިސްނުމަކީ ވަކި ލިމިޓަކާއި ހަމައަށް ފްރީ އެކްސެސް ވައިފައިން ލިބޭނެ ގޮތަށް މާލޭ ސިޓީ ބަދަލުކުރުންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުޅި މާލޭ ސިޓީ ވައިފައި ކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާއިރު، މުއިއްޒު އިތުރަށް ވިދާޅުވީ، ރަނގަޅު ކޮމްޕްރެހެންސިވް ސީސީޓީވީ ނިޒާމަކުން މާލެ ގުޅާލަ ދިނުމުގެ މަސައްކަތުގެ ތެރެއިންވެސް ގިނަ މަސައްކަތްތަކެއް މިހާރު ކުރެވިފައިވާކަމަށެވެ.

އެގޮތުން ސީސީޓީވީ ފޫޓޭޖް އެންމެ ފުރަތަމަ ޤާއިމުކުރާނީ މިސްކިތްތަކުގައިކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ