ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒުމާ

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޒުމާ ޖަލަށް ލުމަށް ހުކުމްކޮށްފި

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒުމާ 15 މަސްދުވަހަށް ޖަލަށްލުމަށް އެގައުމުގެ އެންމެމަތީ ކޯޓުން ހުކުމް ކޮށްފިއެވެ.

ކޯޓުން ކުރި ހުކުމްގައި ވާގޮތުން ފަސްދުވަހުގެތެރޭގައި ޒުމާ އަމިއްލަފުޅަށް ފުލުހުންނާއި ހަވާލުވާން ޖެހޭނެއެވެ. މިގޮތަށް އަމަލުނުކުރެވިއްޖެނަމަ ޒުމާ ހައްޔަރުކުރުމުގެ އަމުރު ފުލުހުންގެ މިނިސްޓަރ ނެރެން ޖެހޭނެއެވެ.

ޒުމާގެ މައްޗަށް 15 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވައިފައިވަނީ، ޒުމާ ވެރިކަމުގައި ހުއްނެވި ދުވަސްވަރު ކޮރަޕްޝަނުގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުވުމަށް އެންގި އެންގުމަކަށް ކޯޓަށް ހާޒިރުވެފައި ނުވާތީއެވެ. ޒުމާގެ ވެރިކަން ނިމިފައިވަނީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކާއިއެކު 2018 ވަނަ އަހަރެވެ.

ޒުމާގެ ވެރިކަމުގެ ދުވަސްވަރު އޭނާގެ މައްޗަށް އުފުލުނު ކޮރަޕްޝަނުގެ ތުހުމަތުތަކާއި ގުޅިގެން ކޯޓަށް އެއްފަހަރު ހާޒިރުވެފައި ވެއެވެ. އެއަށްފަހު އެފަދަ އެހެން މައްސަލަތަކާއި ގުޅިގެން ކޯޓަށް ހާޒިރުވުމަށް އެންގި ނަމަވެސް ކޯޓަށް ހާޒިރުވެފަި ނުވެއެވެ. ޒުމާގެ މައްޗަށް 15 މަސްދުވަހުގެ ޖަލުހުކުމް އިއްވިއިރުވެސް ޒުމާ ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. ޒުމާވަނީ ޒުމާގެ މައްޗަށް އޭރު އުފުލައިފައިވާ ކޮރަޕްޝަނުގެ މައްސަލަތަކަކީ އެއްވެސް ހަގީގަތެއް ނެތް ސިޔާސީ މައްސަލަތަކެއް ކަމަށް ވިދާޅުވެފައެވެ.

ކޮރަޕްޝަނުގެ ތުހުމަތުތަކަކާއި ގުޅިގެން މިދިޔަމަހު ހިނގި ޝަރީއަތުގެ މަޖިލީހަކުން ޒުމާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށްވަނީ ހުކުމް އިއްވައިފައެވެ. މި މައްސަލައަކީ ހަތިޔާރުގެ ވިޔަފާރީގެ އެއްބަސްވުމެއްގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތު ކުރެވިގެން ހިނގި މައްސަލައެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ