ދެކުނު އެފްރިކާގެ ގާނޫނޫ ހަދާ މަޖިލިސްގެ އިމާރާތުގައި ރޯވެއްޖެ

ދެކުނު އެފްރިކާގެ ގާނޫނޫ ހަދާ މަޖިލިސްގެ އިމާރާތުގައި ވަރަށް ބޮޑު ހުޅުގަނޑެއް ހިފާ، އަލިފާން ރޯވެއްޖެ އެވެ.

މީސްމީޑިއާގައި އާއްމުވެފައިވާ ވީޑިއޯ ފޫޓޭޖުތަކުން ފެންނަ ގޮތުގައި، މަޖިލިސް އިމާރާތުގައި ރޯވުމުގެ ސަބަބުން، އިމާރާތުގެ ފުރާޅުމަތިން އަރަމުންދާ ބޯ ކަޅު ދުންގަނޑާއެކު، ރޯވެފައިވާ އަލިފާންގަނޑުވެސް ފެންނަން އެބަހުއްޓެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އެތައް ފަޔާ ފައިޓަރުންނެއް އަލިފާން ނިއްވުމުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

ދެކުނު އެފްރިކާގެ ސިޓީ އެމެޖެންސީ ސަރވިސް އާ ހަވާލާދީ ބޭރުގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލުނުވެ، އެ އިމާރާތުގެ ފާރުތަކުގައި ވަނީ ރެނދުލާން ފަށައިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން، އެންމެ ބޮޑަށް އަލިފާންގަނޑު ރޯވެފައި ވަނީ އިމާރާތުގެ ތިން ވަނަ ފަންގިފިލާގައެވެ. އަދި އަލިފާންގަނޑު ފުރަތަމަ ރޯވެފައިވަނީ މަޖިލީހުގެ އޮފީސްގެ ބައިގައި ކަމަށާއި، އެއަށްފަހު އަލިފާންގަނޑު ފެތުރުނީކަމަށް އޮފިޝަލުން ރިޕޯތުކޮށްފައިވެ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ