ޔޫއޭއީގައި އިސްރާއިލުން އެމްބަސީ ހުޅުވައިފި

އެކުވެރި އަރަބި ދައުލަތް ނުވަތަ ޔޫއޭއީގައި އިސްރާއިލުން މިއަދު އެމްބަސީ ހުޅުވައިފިއެވެ.

މި އެމްބަސީ ހުޅުވައިފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ޔުއޭއީއަށް މިހާރު ވަޑައިގެން އުޅުއްވާ އިސްރާއިލްގެ ހާރިޖީ ވަޒީރު ޔައިރު ލަޕިދުއެވެ.

މިއީ މިދިޔަ އަހަރުގެ އޮގަސްޓްމަހު އިސްރާއިލާ ޔޫއޭއީ އިން ގުޅުން ގާއިމްކުރަން ނިންމިފަހުން އިސްރާއިލުގެ މިހާ އިސް ވަޒީރެއް ޔޫއޭއީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އިތުރަށް މުހިންމު ނިންމުންތަކެއް ދެގައުމުން ނިންމުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ލަފިދު ބުނީ، އިސްރާއިލިގެ އަވެއްޓެރި ގައުމުތަކާއެކު ސުލްހަ ގާއިމުކުރަން ބޭނުންވާ ކަމަށާއި، މެދުއިރުމަތި ދޫކޮށް އެހެންތާކަށް އިސްރާއިލުގެ ރައްޔިތުން ނުދާނެ ކަމަށެވެ. މެދުއިރުމައްޗަކީ އިސްރާއިލް ރައްޔިތުންގެ ވަޒަން ކަމަށާއި މިކަން މެދުއިރުމަތީގެ ހުރިހާ ގައުމުތަކަކުންވެސް ބަލައިގަތުމަށް ގޮވާލާ ކަމަށެވެ. އަދި އެގައުމުތަކުން މިކަމުގައި އިސްރާއިލާއެކު މަޝްވަރާގެ މޭޒުގެ ދަށުމަށް އައުމަށްވަނީ ގޮވާލައިފައެވެ.

އިސްރާއިލުގެ އެމްބަސީ ޔޫއޭއީގައި ހުޅުވުމާއެކު އިސްރާއިލުގެ އެންމެ ބޮޑު މަދަދުގާރު އެމެރިކާއިން މިކަމަށްވަނީ ވަރަށް ހޫނު މަރުހަބާއެއްް ކިޔާފައެވެ. މީގެއިތުރުން މެ ދެގައުމަށް އެހީތެރިވުމުގައި ދެމިހުރުމަށާއި މެދުއިރުމައްޗަކީ އަމާންތަނަކަށް ހެދުމަށް މަސައްކަތް ކުރުމުގައި ދެމިހުއްނާނެ ކަމަށްވެސް އެމެރިކާއިންވަނީ ބުނެފައެވެ.

މިދިޔައަހަރު އިސްރާއިލާއެކު ގުޅުން ގާއިމުކުރުމަށް ޔޫއޭއީގެ އިތުރުން ބަހުރެއިން އިންވެސްވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ދެގައުމުގެ އިތުރުން ދެން އިސްރާއިލާއެކު ގުޅުން ބަދަހިކުރުމަށް ސޮއިކޮށްފައިވާ އަރަބި ގައުމުތަކަކީ މިސްރާއި އުރުދުނެވެ.

އަރަބި ގިނަ ގައުމުތަކުން ބުނާ ގޮތުގައި އެ ގައުމުތަކުން އިސްރާއީލާ އެކު ގުޅުން ގާއިމު ކުރާނީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ ހައްލުވުމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ