މާލޭ ސިޓީގެ ޕާކުތައް އާންމުންނަށް ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، މާލެ ސަރަހައްދުގަ ކޮވިޑް ކޭސްތައް މަދުވުމާ ގުޅިގެން، މާލޭގެ ޕާކުތައް މިހާރު އާންމުންނަށް ހުޅުވާލެވިފައިވާކަމަށެވެ. އަދި ޕާކުތައް ހުޅުވާލެވުނު ނަމަވެސް ޕާކްތައް ބޭނުންކުރުމުގަައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޕާކުތަކުގެ ބޭނުން ހިފުމަށްވެސް ސިޓީ ކައުންސިލުން އާންމުގެން ފަރާތުންވަނީ އެދިފައެވެ.
މާލެ ސަރަހައްދުގަ ކޮވިޑް ކޭސް ތައް މަދުވުމާ ގުޅިގެން، މާލޭގެ ޕާކުތައް ވަނީ އާންމުންނަށް ހުޅުވާލެވިފަ. އަދި ޕާކުތައް ބޭނުންކުރުމުގަައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޕާކުތަކުގެ ބޭނުން ހިފުމަކީ ސިޓީ ކައުންސިލުގެ އެދުމެއް. pic.twitter.com/eSXJeIeCf8
— Male' City Council (@MaleCitymv) July 4, 2021
ވެރިރަށް މާލޭ ސިޓީގެ ޕާކުތައް އާންމުންނަށް ހުޅުވާލާފައި މިވަނީ، މާލެ ސަރަހައްދުގަ ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް މަދުވުމާ ގުޅިގެންނެވެ. އެގޮތުން އެޗްޕީއޭ އިން ރޭ ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ މާލޭ ސަރަޙައްދުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެންމެ 11 މީހުންނެވެ. އަދި ކޮވިޑް-19 އަށް ރާއްޖެއިން އިއްޔެ 150 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެތެރޭގައި އަތޮޅުތެރޭ ރަށްތަކުން ޕޮޒިޓިވްވި 95 މީހަކާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހަކު ހިމެނެއެވެ.
މާލޭގެ ޕާކުތައް އާންމުންނަށް ހުޅުވާލާފައި މިވަނީ ރާއްޖޭގައި އިޢުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަހަށް ދަމަހައްޓަން ނިންމާފައިވަނިކޮށެވެ. އެގޮތުން ޖުލައި 3 އާއި ހަމައަށް އިޢުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރުވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައެވެ.
ދުނިޔޭގެ އެކިގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ނުރައްކާ އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް 12 އިން ފެށިގެންނެވެ.




