މާލޭ ގެއަކުން ވެއްޓި މީހަކު ނިޔާވެއްޖެ

މާލޭ ގެއަކުން ވެއްޓި މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ މާފަންނު ގެއަކުން ވެއްޓުނު 44 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، މާފަންނު ގެއަކުން މީހަކު ވެއްޓިފައިވާކަމުގެ މަޢުލޫމާތު މިރޭ 21:03 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"އެމީހާ ނިޔާވެފައިވާކަމަށް ސީންއަށް އެޓެންޑްވި ފުލުހުންގެ ޑޮކްޓަރު ވަނީ މަޢުލޫމާތު ދީފައި." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

މިލިޔުން ކިޔާލުމުން
1011172
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ