ތިނަދޫ އިން ރިކޯޑު އަދަދަކަށް މީހުން ޕޮޒިޓިވް ވެއްޖެ

ގދ.ތިނަދޫ އިން ރިކޯޑު އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ މިއަދު އެރަށުން 44 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ތިނަދޫންއިން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 40 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފްލޫ ކްލިނިކަށް ދެއްކި ހަތަރު މީހަކެވެ.

މިއަދަކީ އެ ރަށުން އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.

ތިނަދޫއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 797 އަށް އަރާފައެވެ. އޭގެތެރެއިން 500 އަށްވުރެި ގިނަ މީހުން މިބަލިން ރަނގަޅުވެފައިވާއިރު، 300 އާއި ގާތްކުރާ އަދަދަކަށް އެކްޓިވް ކޭސްތައް އެރަށުގައި އެބައުޅެވެ. އަދި މިބަލީގައި އެރަށުން ދެ މީހަކުވަނީ ނިޔާވެފައެވެ.

ތިނަދޫ އިން ރިކޯޑު އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވާއިރު ހަތް ދުވަހުގެ މުއްދަތަށް އެ ރަށުގައި 24 ގަޑިއިރަށް ކާފިއު ހިންގަމުން އަންކަންވެސް ފާހަގަކޮށްލެވެއެވެ.

އެގޮތުން ކުރިއަށް އޮތް އެއް ހަފްތާއަށް ބޭރުތެރޭގައި އުޅުމަށް ދީފައިވާ ލުއިތައް ހިފަހައްޓާފައިވާއިރު، އެރަށު ގޭބިސީތަކަށް ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓްތައް އެއް ހަފްތާގެ މުއްދަތަކަށް ހިފެހެއްޓުމާއި, ކަސްރަތު ކުރުމަށް ކަނޑައަޅާފައިވާ ވަގުތުތަކުގައިވެސް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.

އަދި އަމިއްލަ ކާރުތަކުގެ ދަތުރުތައް ހުއްޓާލުމަށާއި، ޓެކްސީ ޚިދުމަތްތައް "ޓައިމް ބައުންޑް ޕާމިޓް" ނޯންނަ ފަރާތްތަކަށް ދިނުން މަނާކޮށް, އުސޫލަށް އަމަލު ނުކުރާ ޓެކްސީތަކުގެ ހުއްދަ ހަފްތާގެ މުއްދަތަކަށް ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ.

ތިނަދޫގައި 24 ގަޑިއިރު ކާފިއު ހިންގަނީ

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ