ހުރިހާ ކުޅިވަރަކަށް ހުއްދަ ދީފި، މުބާރާތްތައް ނުބޭއްވޭ

ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލަން ނިންމައިފިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޭ ލުއިތައް މިއަދު އިއުލާނުކޮށްފައިވާއިރު، މިކަން  ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިކަން ހާމަކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، ކުޅިވަރު ކުޅުމަށާއި ކަސްރަތު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައި ކުޅިވަރު ކުޅުމަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ހުއްދަދޭން އަދި ނިންމާފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ދިނުމަށް މިއަދު ނިންމާފައި ވެއެވެ. އެގޮތުން މާލެ ސަރަހައްދުގެ ކާފިއު އުވާލަން ނިންމުމާއި ދެ ޑޯޒް ވެކްސިން ފުރިހަމަކުރި މީހުންނަށް ކަރަންޓީނުނުވެ މާލެއިން ރަށްރަށަށް ދެވޭގޮތް ހެދުމާއި އަދި ރިސޯޓު މުވައްޒަފުންނަށް ކަރަންޓީނު ނުވެ ރަށަށް ދެވޭގޮތައް ވަނީ ހަމަޖައްސައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ