އެކްޓަރ ރޮބަޓް ޑައުނީ ޖޫނިޔާގެ ބައްޕަ މަރުވެއްޖެ!

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރޮބަޓް ޑައުނީ ޖޫނިޔާގެ ބައްޕަ، ރޮބަޓް ޑައުނީ ސީނިއާ އުމުރުން 85 އަހަރުގައި މަރުވެއްޖެއެވެ.

ރޮބަޓް ޑައުނީ ސީނިއާ އަކީވެސް، އެކްޓަރެއްގެ އިތުރުން ގިނަ ފިލްމްތަކެއް އުފައްދާ ޑައިރެކެޓްކޮށްދީފައިވާ ފަރާތެކެވެ. ރޮބަޓް ޑައުނީ ސީނިއާ އުމުރުން 85 އަހަރުގައި މަރުވެފައި ވަނީ، މިދިޔަ ބުދަ ދުވަހުގެ ހެނދުނު ނިއު ޔޯކް ގައި ހުންނަ އޭނަގެ ގޭގައި ނިދާފައި އޮއްވާ ކަމަށް އަނބިމީހާ ރޯސްމެރީ ރޯޖާސް ވަނީ ނިއު ޔޯކް ޑެއިލީ ނޫހަށް މައުލޫމާތު ދީފައެވެ.

ރޮބަޓް ޑައުނީ ސީނިއާ މަރުވިއިރު، އޭނާ އައީ ނާރުގެ ބައްޔެއް ކަމުގައިވާ ޕާކިންސަންސް ޑިސީސް ނުވަތަ ތުރުތުރު އަޅާ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ބައްޕަ މަރުވުމާއެކު، ރޮބަޓް ޑައުނީ ޖޫނިޔާ ވަނީ އޭނަގެ ބައްޕައަށް ހާއްސަކޮށް އިންސްޓަގްރަމްގައި ޓްރިބިއުޓެއް ދީފައެވެ. އެގޮތުން ބައްޕަގެ ފޮޓޯއެއް ހިއްސާކޮށް ވަނީ ބައްޕައަށް ތައުރީފުކޮށްފައެވެ.

ރޮބަޓް ޑައުނީ ސީނިއާގެ ފިލްމީ ކެއިއަރުގައި މޮޅެތި ފިލްމަތަކެއް އުފައްދާ އަދި އެކްޓްވެސް ކޮށްފައިވާއިރު، އޭނަގެ ދަރިފުޅު ރޮބަޓް ޑައުނީ ޖޫނިޔާ ހޮލީވުޑަށް ތައާރަފް ކުރީވެސް އޭނާއެވެ.

އެގޮތުން ޑައުނީ ޖޫނިއާ އެންމެ ފުރަތަމަ އެކްޓް ކޮށްފައިވަނީ ބައްޕަ ޑައުނީ ސީނިއާގެ ފިލްމެއްގައި އުމުރުން 5 އަހަރުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ