އެކްޓްރެސް އެނާ ފެރިސް ސިއްރުން މީހަކާ އިނދެފި

ހޮލީވުޑްގެ މަޝްހޫރު ކޮމޭޑިއަން އެކްޓްރެސް އެނާ ފެރިސް އާއި ލޯބިވެރިޔާ މައިކަލް ބެރެޓް ކައިވެނީގެ ގޮށްޖަހައިފިކަން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.

އެނާ މިކަން ހާމަކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ގެނެސްދިން "އެނާ އިޒް އަންކޮލިފައިޑް" ޕޮޑްކާސްޓްގެ ފަހުގެ އެޕިސޯޑުގައެވެ. 44 އަހަރުގެ މި އެކްޓްރެސް ހާމަކުރިގޮތުގައި ދެމީހުން ކައިވެނިކޮށްފައިވަނީ ވޮޝިންގްޓަން އެވެ.

ކައިވެނިކުރިކަން މި އެޕިސޯޑުގައި އެނާ އަށް ހަމަކުރެވުނީ އޮޅިގެން ކަމަށް ބެލެވެއެވެ. އެގޮތުން ފިރިމީހާ މައިކަލް ކައިރިން ސިއްރު ފަޅާއަރުވާލެވުމުން އެކަމަށް މައާފަށް އެދި ބުނީ، އިތުރަށް ދެން ފިއާންސޭއޭ ނުކިޔޭނެ ކަމަށެވެ. މުހާތަބު ކުރަން ބޭނުން ވަނީ އެއީ ފިރިމީހާއޭ ކިޔައިގެން ކަމަށެވެ.

އެނާ ހާމަކުރިގޮތުގައި، މި ދެމީހުން ވަނީ ސިއްރުން ކައިވެނީގެ ހަފްލާވެސް ބާއްވަފައެވެ. ހަފްލާ ބޭއްވީ ވޮޝިންގްޓަންގައެވެ.

އެނާ ފެރިސް އާއި މައިކަލް ލޯބީގެ ގޮތުން ގުޅުނީ 2017 ވަނަ އަހަރުއެވެ. އަދި އެންޖޭޖް ވެފައިވަނީ 2019 ވަނަ އަހަރުއެވެ. މި ދެމީހުން ލޯބީގެ ގޮތުން ގުޅިފައިވަނީ، އެނާ ފެރިސްގެ 8 އަހަރުވީ ކުރީގެ ކައިވެނި ނިމުމަކަށް އައުމާއެކުއެވެ.

އެނާ ފެރިސް ކުރިން ކައިވެނި ކޮށްފައިވަނީ، އެކްޓަރ ކްރިސް ޕްރެޓް އާއެވެ. މި ދެމީހުންގެ 8 އަހަރުވީ ކައިވެންޏަށް ފިރިހެން ކުއްޖަކުވެސް ލިބިފައިވެއެވެ. ކްރިސް ޕްރެޓް އާއި ކައިވެނި ކުރުމުގެ ކުރިން، އެނާ ވަނީ އެކްޓަރ ބެން އިންދްރާ އާއިވެސް ކައިވެނިކޮށްފައެވެ. 5 އަހަރުވީ އެ ކައިވެނި ނިމުމަކަށް އައީ 2008 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ