ހުޅުމާލޭގައި ރޭ މެންދަމު ބާރުގަދަ އެއްޗެއް ގޮއްވާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ބޯގަންވިލާމަގުގެ ކުޅިވަރު ކުޅުމަށް ހާއްޞަކޮށްފައިވާ ހުސްބިން ސަރަހައްދުގައިކަމަށް ފުލުހުން ވިދާޅުވިއެވެ.
"ހުޅުމާލޭގައި ބާރުގަދަ އަޑެއް ގޮވުމާއި ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން. މިކަމާއި ގުޅިގެން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައެއް ނުވޭ." ރޭ މެންދަމު ފުލުހުން ވިދާޅުވިއެވެ.
ރޭ 12:00 ހާއިރު މި ހާދިސާ ހިނގި ސަރަހައްދުން ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިކަން ފުލުހުންނާއި ސިފައިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ފުލުހުންނާއި ސިފައިން މި މައްސަލަ ތަޙްޤީޤު ކުރަމުންދާއިރު، މި ހާދިސާއާއި ގުޅިގެން އެއްވެސް ގެއެއް ބަލާ ފާސްކޮށް މީހަކު ހައްޔަރުކުރިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.




