ލޮނުޒިޔާރަތްކޮޅުގައި މާރާމާރީއެއް ހިނގައިފި

މާލޭ ލޮނުޒިޔާރަތްކޮޅުގައި މިރޭ މާރާމާރީއެއް ހިނގައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި މިރޭ ލޮނުޒިޔާރަތްކޮޅުގައި މާރާމާރީ ހިނގައިފައިވަނީ ބިދޭސީންތަކެއްގެ މެދުގައެވެ.

މާރާމާރީގެ ވީޑިއޯ މީސްމީޑިއާގައި މިހާރު އާންމުވެފައިވާއިރު މި ވީޑިއޯއިން ފެއްނަނީ އެކަކު ގައިގައި ގުރޫޕަކުން އައިސް ތަޅާ އަނިޔާކުރާ މަންޒަރެވެ. މިމަންޒަރު ބެލުމަށް ގިނައަދަދެއްގެ ބަޔަކު އެސަރަހައްދަށް އެއްވެފައި ވެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، ލޮނުޒިޔާރާތްކޮޅުގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު މިރޭ 20:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް، ފުލުހުން އެސަރަހައްދަށް ދިޔައިރު މާރާމާރީ ހިންގި މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

ފަހަކަށް އައިސް ބިދޭސީންގެ މެދުގައި ހިނގަމުން އައްނަ މާރާމާރީތައް އައްނަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ