"ޑިއުން" އަށް ކުރި އިންތިޒާރީއަށް ނިމުން އަންނަނީ!

ވާނާ ބްރޯސް އިން ގެނެސްދޭ އެޕިކް ސައިންސް ފިކްޝަން ފިލްމް "ޑިއުން" އަންނަ އޮކްޓޯބަރު މަހުގެ 22 ގައި ތިއޭޓާ ތަކުގައި ރިލީޒްކުރާނެއެވެ. ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމް ރިލީޒް މި ކުރަނީ ކޮވިޑްގެ ޕެންޑަމިކް އާއި ގުޅިގެން ފިލްމް ރިލީޒްނުވެ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.

އެމެރިކާގެ މަޝްހޫރު ސައިފައި ވާހަކަ ލިޔުންތެރިޔާ ފްރޭންކް ހާބާޓް 1965 ވަނަ އަހަރު ހަމަ މި ނަމުގައި ނެރުނު ވާހަކައިގެ އަސްލަށް ޑެނިސް ވިލެނޯވް ޑައިރެކްޓްކުރާ މި ފިލްމް ގެނެސްދޭކަން އެންމެ ފުރަތަމަ އިއުލާންކުރީ 2016 ވަނަ އަހަރުއެވެ. ފިލްމް އިއުލާންކުރި ހިސާބުން ފެށިގެންވެސް "ޑިއުން" އަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.

މި ފިލްމްގެ ފުރަތަމަ ޓްރެއިލާ މީގެ ދިހަ މަސްކުރިން އިއުލާންކުރިއިރު، ގިނަ ބަޔަކު ބުނަމުން އައީ މިއީ މިދިޔަ އަހަރު ރިލީޒްކުރާނެ އެންމެ މޮޅު ސައި-ފިކް ފިލްމްކަމަށެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ފިލްމް އެޅުވުން ގިނަ ދުވަސްތަކަކަށް ފަސްވެ، އެންމެ ފަހުން ފިލްމް އަންނަ އޮކްޓޯބަރު މަހު އަޅުވާގޮތަށް މި އޮތީ ހަމަޖެހިފައެވެ.

"ޑިއުން"ގެ އާ ޓްރެއިލާއެއްވެސް ވާނާ ބްރޯސް އިން ވަނީ ދާދިފަހަކުން ދައްކާލައިފައެވެ. މި ފިލްމްގެ ޑައިރެކްޝަނުން ފެށިގެން ފިލްމްގެ ކާސްޓުންގެ ތެރޭގައިވެސް ހިމެނެނީ ހޮލީވުޑްގެ އެންމެ އޭ ލިސްޓުގެ ފަންނާނުންނެވެ.

އެގޮތުން ފިލްމްގެ ޑައިރެކްޓަރ، ޑެނިސް ވިލެނޯވަކީ ހޮލީވުޑްގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އެއް ފިލްމް ޑައިރެކްޓަރެވެ. ޝަރަފުވެރި އެވޯޑުތަކެއް ހާސިލުކޮށްފައިވާ މި ޑައިރެކްޓަރަކީ، "އިންސެންޑީސް"، "އެރައިވަލް"، "މައެލްސްޓޯމް" ފަދަ މޮޅެތި ފިލްމްތައް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ.

ފިލްމްގެ ލީޑު ކާސްޓުގައި ހިމެނެނީ، ޒުވާން އަދި ކުޅަދާނަ އެކްޓަރު ޓޮމޮތީ ޝަލަމޭ އާއި ސްޕައިޑަމޭން އިން މަޝްހޫރުކަން ހޯދި އެކްޓްރެސް ޒެންޑާޔާ އެވެ. އަދި މީގެ އިތުރުން ގޭމް އޮފް ތްރޯންސްގެ އެކްޓަރު، ޖޭސަން މެމޯވެސް ފެނިގެންދާނެއެވެ.

މި ފިލްމް އޮކްޓޯބަރު 22 ގައި އެޗްބީ އޯ މެކްސް އާއި ތިއޭޓާ ތަކުގައި ރިލީޒްކުރުމުގެ ކުރިން ވެނިސް ފިލްމް ފެސްޓިވަލްގައި ފިލްްމް ޕްރީމިއާ ކުރާނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ