ހޮލީވުޑްގެ މަޤުބޫލު އެކްޓަރު ޖޯނީ ޑެޕްގެ ކުރީގެ އަންހެނުން، އެކްޓްރެސް އެމްބަރ ހެޑް އާއި ދެކޮޅަށް ޖޯނީގެ ފޭނުން މީސްމީޑިއާގައި ކުރިއަށްގެންދާ ކެމްޕޭނާއި ދެކޮޅަށް "އެކުއަމޭން 2" ގެ ޕްރޮޑިއުސަރު ޕީޓާ ސަޕްރަން ނިކުމެއްޖެއެވެ.
ޑީސީ ގެ އެންމެ ކާމިޔާބު ފިލްމް "އެކުއަމޭން" ގައި އެމްބަރ ހެޑް ވަނީ "މޭރާ" ގެ ރޯލު ކުޅެފައެވެ. އެމްބަރ އާއި ޖޯނީ ޑެޕްގެ ކައިވެނި 2017 ވަނަ އަހަރު ނިމުމަކަށް އައި އިރު، އެމްބަރ ހެޑް ވަނީ ޖޯނީ އާއި ދެކޮޅަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ.
ކޯޓުގައި މި މައްސަލަތައް ތަންފީޒުކުރަމުން ދިޔައިރު، ޔޫކޭ ގެ ނޫހެއްގައިމުގައިވާ ދަ ސަން އިން" ވައިފް ބީޓަރ' ގެ ނަމުގައި ޖޯނީއާއި ދެކޮޅަށް ލިޔުނު އާޓިކަލް އަކާއި ގުޅިގެން ޖޯނީ ވަނީ އެ ވާހަކަތައް ދޮގުކޮށް އެ ނޫހާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ކޯޓަށް މައްސަލަ ލައިފައެވެ.
ނަމަވެސް ކުރީގެ އަންހެނުން އެމްބަރ ހެޑްއަށް އަނިޔާކުރިކަމަށް ބުނެ، ބްރިޓިޝްގެ ނޫސް، "ދަ ސަން" އިން ލިޔެފައިވާ އާޓިކަލްއާއި ދެކޮޅަށް ކުރި ދައުވާ ޖޯނީ އަށް ވަނީ ނާކާމިޔާބުވެފައެވެ. އަދި މިކަމުގެ ސަބަބުން ވާނާ ބްރަދާސްގެ ކާމިޔާބު ސިލްސިލާ ފިލްމް "ފެންޓާސްޓިކް ބީސްޓް" ގައި ޖޯނީ ޑެޕް އަހަރުތަކެއް ވަންދެން އަދާކުރި ރޯލުން އޭނާ ވަނީ ވަކިކޮށްފައެވެ.
މި ފިލްމުން ޖޯނީ ޑެޕް ވަކިކުރުމާއި ގުޅިގެން ޖޯނީގެ ފޭނުންވަނީ، ރުޅިގަދަވެ އެމްބަރ ހެޑް "އެކުއަމޭން" ގެ ދެވަނަ ބައިން ވަކިކުރުމަށް ގޮވާލައިފައެވެ. މިކަމަށް ގޮވާލާ މީސްމީޑިއާގައި ޕެޓިޝަނެއްވެސް ހެދިއިރު، މި ޕެޓިޝަނުގައި މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.
ނަމަވެސް "އެކުއަމޭން 2" ގެ ޕްރޮޑިއުސަރު މިކަމަށް ރައްދު ދީ ބުނެފައިވަނީ، ފޭނުން އެމްބަރ ބޭރުކުރަން ޕްރެޝަރ ކުރި ނަމަވެސް އެކަމާއި އަޅާނުލާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ކަންތައް ކުރާނީ ފިލްމަށް އެންމެ ރަނގަޅުވާނެ ގޮތަށް ކަމަށެވެ.
ޖޯނީ ޑެޕް އާއި އެމްބަރ ހެޑް އަށް ތެރޭގައި ޖެހެނު ގެވެށި އަނިޔާގެ މައްސަލައިގެ ތެރެއިން، ދެމީހުންނަށްވެސް އެއްވަރަކަށް ތުހުމަތު ވަނީ ތުހުމަތު ކުރެވިފައެވެ. ހަމައެކަނި ޖޯނީ ފިލްމަތަކުން ވަކިކުރުމަކީ އެއްވެސް އިންސާފެއް ނޫންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ޖޯނީ ޑެޕްގެ މަޝްހޫރު ފްރެންޗައިޒް ފިލްމް "ޕައިރޭޓްސް އޮފް ދި ކެރެބިއަން"ވެސް ކުރިއަށް ގެންދަން ނިންމައިފައި ވަނީ ޖޯނީ ޑެޕް އާއި ނުލާ ކަމަށް ހަބަރުތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.



