ކުޑަކުދިންގެ ކާތަކެތިއެޅުމަށް ބޭނުންކުރާ އުފެއްދުމަށް ބޭނުންނުކުރަން އަންގައިފި

ކުޑަކުދިންގެ ކާތަކެތި އެޅުމަށް ބޭނުންކުރާ އުފެއްދުމަށް ބޭނުންނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ހަވީރު ނެރުއްވި ނޫސްބަޔަނާނެއްގައި ވިދާޅުވީ، މުޝީ (Mushie) ބްރޭންޑްގެ "ސިލިކޯން ސަކްޝަން ޕްލޭޓް' އަދި "ސިލިކޯން ސްނެކް ކަޕް" އިން ކާބޯތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު އޮވެދާނެކަމަށް ބެލެވޭ ކަމަށެވެ.

"ކާބޯތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު އޮވެދާނެކަމަށް ބެލެވޭ، ކުޑަކުދިންނަށް ކާބޯތަކެތި އެޅުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ މުޝީ (Mushie) ބްރޭންޑްގެ ސިލިކޯން ސަކްޝަން ޕްލޭޓް އަދި ސިލިކޯން ސްނެކް ކަޕް، ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯރ ފުޑް އެންޑް ފީޑް (RASFF) އިން ވަނީ މިއޮތޯރިޓީއަށް އަންގާފައި." މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި އެލާޓާއި ގުޅިގެން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދަނީ ކުރަމުންނެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއޮތޯރިޓީން ވަކި ގޮތެއް އަންގަންދެން "މުޝީ (Mushie) ބްރޭންޑްގެ ސިލިކޯން ސަކްޝަން ޕްލޭޓް" އަދި "ސިލިކޯން ސްނެކް ކަޕް" ނުވިއްކުމަށާއި ކާބޯތަކެތި އެޅުމަށް ބޭނުން ނުކުރުމަށް އަންގަން." މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ