ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މެދު) - ފޮޓޯ: ސަން

ފަނޑިޔާރު ދީދީގެ ދެ މައްސަލައެއް ހުޅުވާލައިގެން ބާއްވަނީ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ)ގެ ދެ މައްސަލައެއް އާންމުކޮށް ހުޅުވާލައިގެން ބާއްވަން ޖުޑީޝަލް ސާވިސަސް ކޮމިޝަން، (ޖޭއެސްސ)ީ އިން ނިންމައިފިއެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވަނީ ފަނޑިޔާރު ދީދީގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ރިޝްވަތުގެ ތުހުމަތުވާ މައްސަލަ އަދި ޖޭއެސްސީގެ ނިންމުމަށް ތަބައިނުވެ މަސައްކަތަށް ނިކުތް މައްސަލަ ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.

ޖޭއެސްސީ އިން ވިދާޅުވީ، ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖުމްލަ ފަސް ސްލޫކީ މައްސަލައެއް ހުށަހަޅައިފައިވާ ކަމަށާއި، ބަޔާން ނެގުމަށް ރޭ ފަނޑިޔާރު ޢަބްދުﷲ ދީދީ އެ ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރު ޢަބްދުﷲ ދީދީ އެދިވަޑައިގެންފައި ވަނީ އޭނާގެ މައްސަލަތައް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށެވެ.

ޖޭއެސްސީން އޭނާ ސަސްޕެންޑްކޮށްފައިވީ ނަމަވެސް އިއްޔެ ރަސްމީ މަސައްކަތަށް ނިކުންނެވި މައްސަލަވެސް ބަލަމުންދަނީ ސުލޫކީ މައްސަލައެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ